މަސައްކަތް
ނަންބަރު: GS-173/2019/24
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 06 ޖަނަވަރީ 2020 11:00
ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލްގެ މަރާމާތުތަކެއް ކޮށްދެއްވާނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބަނޑިދޫ ސްކޫލް އޮފީސް

30 ޑިސެމްބަރ 2019

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

ބަނޑިދޫ ސްކޫލް އޮފީސް

 06 ޖަނަވަރީ 2020

ހޯމަ

11:00

މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން  ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާއަކީ ކޮންފާރާތެއް ތަމްސީލް ކުރާ ބޭފުޅެއްކަން އަންގައިދޭ ލިޔުމަކާއި އެބޭފުޅެއްގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916  ނަމްބަރ ފޯނާއެވެ.

25 ޑިސެންބަރު 2019