ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/372
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 03 ޑިސެންބަރު 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްލޭނަރ

އިޢުލާން

މަޤާމް:

ޕްލޭނަރ

މަޤާމުގެ ނަންބަރު:

J-304120

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް ޕްލޭނިންގ ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސޯޝަލް ޔުނިޓްގެ މަސައްކަތްތައް ނޭޝަނަލް ޕްލޭނިންގ ޑިވިޜަން އަދި ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ ކޯޑިނޭޝަން ސެކްޝަން ހެޑްގެ ލަފަޔާއި އިރުޝާދުގެ ދަށުން ރާވާ ހިންގުމާއި ސެކްޝަންގެ އެހެނިހެން މުވައްޒަފުންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތްތަށް ހިންގާނުހިންގާގޮތް ބަލައި، މަސައްކަތަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.

2. ސެކްޝަންގެ މަސައްކަތްތައް ކުރުމާއި ރާވާހިންގުން: ސޯޝަލް ސެކްޓަރ (އެޑިއުކޭޝަން، ހެލްތް އަދި ޖެންޑަރ) ގެ މަސައްކަތްތައް ކަމާ ބެހޭފަރާތްތަކުގެ މަޝްވަރާއާއި އެކު ރާވާ، ވޯކްޕްލޭން އެކުލަވާލުން.ޔުނިޓްގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތަށް އަވަހަށް، އެފިޝަންޓްކޮށް ކުރުމަށް ބާރުއެޅުމާއި މަސައްކަތް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ކުރުން.ޔުނިޓްގެ މަސައްކަތުގެ ތެރެއިން ސުންގަޑި ކަނޑައެޅިގައިވާ މަސައްކަތްތައް ދެވިފައިވާ ސުންގަޑިޔަށް ނިންމުން.ޔުނިޓްގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ލަފަޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.ޔުނިޓްގެ އަހަރީ ބަޖެޓް ތައްޔާރުކުމާއި، އަހަރު ރިޕޯޓް ތައްޔާރުކުރުން އަދި މި މަސައްކަތް މޮނިޓަރކޮށް ސުޕަވައިޒްކުރުން. މިނިސްޓްރީ އަދި އެހެން އޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި ޔުނިޓްގެ ފަރާތުން ބައިވެރިވެ، އިންޕުޓްދީ އަދި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައްކުރުން.ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކުގައި ޔުނިޓްގެ ފަރާތުން ބައިވެރިވެ، އިންޕުޓްދީ އަދި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައްކުރުން.ޑިވެލޮޕްމަންޓް ޕްލޭނިންގ އެންޑް އެސް.ޑީ.ޖީ. ސެކްޝަނުގެ ހެޑް ނުވަތަ ސެކްޝަންގެ އެހެން ޔުނިޓް ހެޑް އެއް ނެތް ހާލަތެއްގައި އެ ސެކްޝަން/ޔުނިޓްއާ ހަވާލުވުން. ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކުރުމާއި ހަރުދަނާކުރުމަށް ބޭނުންވާނެ ކަންކަން ފާހަގަކޮށް އެކަންކަން ކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ ކަންކަން ރޭވުން

3. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އަދި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް) ތަށް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

4. ސޯޝަލް ސެކްޓަރއާ (އެޑިއުކޭޝަން، ހެލްތް އަދި ޖެންޑަރ) ގުޅޭ ލަނޑުދަނޑިތައް ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގައި ހާސިލުކުރުމުގެ މަސައްކަތްތައް ރާވައި ހިންގާ ޓެކްނިކަލް އިންޕުޓް ދިނުން.

5. ސަރުކާރާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާތައް އަދި އާންމު ފަރުދުންނާއި ޕްރައިވެޓް ސެކްޓަރތަކުގެ މެދުގައި އެސް.ޑީ.ޖީ އަދި ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތް ރާވައި ހިންގުން.

6. ސަރުކާރާއި މިނިވަން މުއައްސަސާތައް، ޖަމިއްޔާތައް އަދި އާންމު ފަރުދުންނާއި ޕްރައިވެޓް ސެކްޓަރތަކުގެ މެދުގައި އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުން ތަމްރީން ދިނުން.

7. އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބެލުމުގެ ގޮތުން މޮނިޓަރިންގ ފްރޭމްވޯކްއެއް އެކުލަވާލުމުގެ މަސައްކަތާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީސް)ތަށް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމުގެ ގޮތުން މިކަން ރާވައި ހިންގުން.

8. އެސް.ޑީ.ޖީގެ ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ރިޕޯޓު ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުގެ މަސައްކަތް ރާވައި ހިންގުން.

މަޤާމުގެ ޝަރުޠުތައް:

1. ޑިވެލޮޕްމަންޓް ސްޓަޑީސް، ސޯޝިއަލް ޕޮލިސީ، ސޯޝިއަލް ސައިންސް ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ސޯޝަލް ސަރވިސް މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ޑިވެލޮޕްމަންޓް ސްޓަޑީސް، ސޯޝިއަލް ޕޮލިސީ، ސޯޝިއަލް ސައިންސް ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

30

35

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

100

45

45

ޖުމްލަ

 

255

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެންބަރު 2019 ވާ އަންގާރާ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެންބަރު 10 އާއި 2019 ޑިސެންބަރު 21 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ.

  27 ރަބީޢުލްއައްވަލް 1441

 24 ނޮވެންބަރު  2019

24 ނޮވެންބަރު 2019