ދިވެހިރާއްޖެ
ނަންބަރ: HPL /I-2019/05
އިޢުލާން
މި ކުންފުނިން ދައްކަވާ ނަމޫނާ އާއި އެއްގޮތަށް މުވައްޒަފުންގެ ޔުނިފޯރމް އަދި ވިއްސާރަ ކޯޓް ތައްޔާރުކޮށް ސަޕުލައިކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ HPL /I-2019/03 (12 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.
ޕްރޮޕޯޒަލް ބަލައިގަތުން:
ތާރީޚު: 03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި
ތަން: ހިތަދޫ ޕޯރޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދުމަށް މިކުންފުނީގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.
24 ރަބިޢުލްޢައްވަލް 1441
21 ނޮވެމްބަރ 2019