މަސައްކަތް
ނަންބަރު: GS79/IULAAN/2019/60
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 2107
ސުންގަޑި: 20 ނޮވެންބަރު 2019 1100
އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

  1. މި ސްކޫލުގެ އައު ޢިމާރާތުގެ އޮފީސް ޕާޓިޝަން ޖެހުމާއި ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު GS79/IULAAN/2019/49 އަށް  ހުށަހަޅާފައިވާ ބީލަންތަކުގެ ޝަރަޠު ހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކުރުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 ނޮވެމްބަރ 12 އިން 2019 ނޮވެމްބަރ 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 20 ވާ ބުދަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 11:00  ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިހަވަންދޫ ސްކޫލް

އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.

ފޯން:  6500096

އީ-މެއިލް: admin@ihavandhooschool.edu.mv

‏10‏ ރަބީޢުލްއައްވަލް‏ 1441

‏7‏ ނޮވެމްބަރ‏ 2019

2019-11-07