ކުއްޔަށް ހިފުން
ނަންބަރު: GS29/2019/43
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 20 ނޮވެންބަރު 2019 13:00
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސުކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއްގެ ކުއްޔަށް ހިފުމާބެހޭ

 

އިޢުލާން

                                                                                                            

2020 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާބެހޭ

      

         2020 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރި ( އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

 

        ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އެސްޓިމޭޓް ހުށަހެޅުމަށް ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ( ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

12 ނޮވެމްބަރ 2019

އަންގާރަ

މައުލޫމާތު ސާފުކުރުން

13:00

ގއ.އަތޮޅުމަދަރުސާ

 

20 ނޮވެމްބަރ 2019

ބުދަ

އަންދާސީ ހިސާބު ހުށަހެޅުން

13:00

ގއ.އަތޮޅުމަދަރުސާ

 

 

        މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 7983072 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

06 ނޮވެންބަރު 2019