ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ހުޅުމާލޭ އޮފީސް ބިލްޑިންގ މަޝްރޫޢުޕްރޮޖެކްޓަށް މެނޭޖްމަންޓް ކޮންސަލްޓަންސީ ފާރމެއް ހޯދުމުގެ މަސައްކަތް
1. ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރއިން ހުޅުމާލޭގައި ކުރިޔަށް ގެންދާ ހުޅުމާލޭ ހުޅުމާލޭ އޮފީސް ބިލްޑިންގ ގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކޮންސަލްޓަންސީ ފާރމެއް ހޯދަން ބޭނުންވެއެވެ.
2. މިޕްރޮޖެކްޓުގައި ހިމެނެނީ ހުޅުމާލޭ އޮފީސް ބިލްޑިންގ ގެ މަސައްކަތް ސުޕަވައިޒް ކުރުމާއި ކުރެހުމާއި ބީ.އޯ.ކިޔު އާއި ސްޕެސިފިކޭޝަންގައި ވާގޮތަށް މަސައްކަތް ކުރިޔަށްދޭތޯ ބެލުމާއި،ޕްރޮގްރެސް ޕޭމަންޓްސް ޗެކުކުރުން އަދި ޕްރޮޖެކްޓުގެ ޓާމްސް އޮފް ރިފަރެންސް ގައި ބަޔާން ކޮއްފައިވާ އެހެނިހެން މަސައްކަތް ހިމެނެއެވެ.
3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.
4. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.
5. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
6. ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ނޮވެންބަރު 2019ވާ ބުރާސްފަތި ދުވަހުގެ14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރަށް ހާޑް ކޮޕީ ހުށަހެޅުން އެދެމެވެ.
އަހުމަދު މުޖުތަބާ
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން:1617
އީމެއިލް އެޑްރެސް: [email protected]