ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2019/169
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 21:15
ސުންގަޑި:
21 އޮކްޓޫބަރު 2019 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނަންބަރ: MTCC-HRAD/IU/2019/169
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
އިންވެސްޓަރ ރިލޭޝަންސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:
|
މަޤާމް:
|
މެނޭޖަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު
|
ޖުމްލަ މުސާރަ އާއި އިނާޔަތްތައް:
|
- -/19440ރ (މަހަކު)
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
އެމްޓީސީ ޓަވަރ
|
ޝަރުޠު
|
- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ލޯ ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 03 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
- ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ކުންފުނީގެ މައްޗަށް ހިނގާ އެންމެހާ ޤާނޫނަތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ އެންމެހާ ޕޮލިސީތަކާއި ޕްރޮސީޖަރތައް ތަންފީޒުކުރުން.
- ޙިއްޞާދާރުންނާބެހޭ ސޮފްޓްވެއަރ، ޙިއްޞާދާރުންނަށް ދެވޭ ޑިވިޑެންޑް، ޙިއްޞާދާރުންގެ ދަފްތަރު އަދި ޝެއަރހޯލްޑަރ ރިލޭޝަންސް ޔުނިޓްގެ އެންމެހާ ކަންކަމެއް ހިންގާ ބެލެހެއްޓުން.
- އެމް.އެސް.އީ/އެމް.އެސް.ޑީ އާއި އެކުގައި ކޯޑިނޭޓްކުރުން.
- ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުންނާބެހޭ މަޢުލޫމާތު ކުންފުންޏާއި/ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ޙިއްޞާކުރުމާބެހޭ އެންމެހާ ކަންކަމެއް ހަމަޖެއްސުން.
- ކުއާރޓަރލީ ރިޕޯޓް ތައްޔާރުކުރުން.
- އަހަރީ ރިޕޯޓަށް މަޢުލޫމާތު އެއްކޮށް އެ ރިޕޯޓް ތައްޔާރުކުރުން.
- ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް ހަމަޖެއްސުން.
- ޑިރެކްޓަރުންގެ ބޯޑާއި ބޯޑުގެ ސަބް-ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
- އަހަރީ ޢާއްމު ޖަލްސާއަދި ކުންފުނީގެ ޙިއްޞާދާރުންގެ އެހެނިހެން ޖަލްސާތައް އިންތިޒާމްކޮށް އެޖަލްސާތައް ބޭއްވުމުގައި އެހީތެރިވެދިނުން.
- ކޯޕަރޭޓް ޑިޕާޓްމަންޓުންކުރާ އެންމެހާ މުވާޞަލާތުތައް ހިންގާ ބެލެހެއްޓުން.
- ކޮމްޕެނީ ސެކްރެޓަރީގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި އެފަރާތަށް އެހީތެރިވެދިނުން.
-
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
ވެބްސައިޓް: http://mtcc.com.mv/job-opening
ފޯން: 3001100/ 3001149 / 3001139
އީމެއިލް: [email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
14 އޮކްޓޯބަރ 2019