ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HR/IU/2019/140
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 20:06
ސުންގަޑި: 17 އޮކްޓޫބަރު 2019 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިނިސްޕެކްޝަން އޮފިސަރ

ނަންބަރު: HDC(161)-HR/IU/2019/140 
ތާރީޚް: 10 އޮކްޓޯބަރު 2019


ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު މަސައްކަތުގެ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:
- ހުއްދަ ނަގައިގެން މަސައްކަތް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި އަދި މަސައްކަތް ކުރާ ފަރާތުން މަސައްކަތްކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކުކުރުން.
- އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރައްކާތެރިކަމާއި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށްތޯ ބެލުން.
- އެޗް.ޑީ.ސީ ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް ބީޗްފްރޮންޓް އަދި އެހެނިހެން ހަރަކާތްތަކާއި އިވެންޓްތައް ކުރިއަށްދޭތޯ ބަލާ ޗެކްކޮށް ރިޕޯޓް ކުރުން.
- އެޗް.ޑީ.ސީ އިން ހުއްދަދީގެން ޕޭވްމަންޓް ގައު ނަގައިގެން ކުރާ ހުރިހާ މަސައްކަތެއް އިންސްޕެކްޓް ކޮށް ބެލެހެއްޓުން.
- މަގު މަތީގައި ހުންނަ ޖަންގްޝަން ފަދަ ތަންތަނަށް ދިމާވާ މައްސަލަ ބަލައި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅައިގެން އެކަންކަން ހައްލުކުރުން.
- ހުޅުމާލެ ފޭސް 2 ގައި އިންސްޕެކްޝަނާއި ގުޅުން ހުރި އެންމެހާއި ކަންކަން ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- މުޢާމަލާތު ކުރުމުގެ ހުނަރު
- ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A0 , A1)ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުން

މުސާރަ: އަސާސީ މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު 9800.00ރ - 10900ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
............................................................................................................
މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 17 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް
ގްރައުންޑް ފްލޯރ، ރިޝެޕްޝަން، އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3335892

10 އޮކްޓޫބަރު 2019