ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.
މަގާމް |
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް |
މަޤާމް ނަމްބަރު |
J-316888 |
ބޭނުންވާ އަދަދު |
01 |
މަޤާމް ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
އީއެކްސް 3 |
މަގާމުގެ ކްލެސިފިކޭޝަން |
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް |
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް |
މެރިޓައިމް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް / ލައިސަންސިންގ ޔުނިޓް |
މުސާރައާއި އިނާޔަތްތައް |
|
މުސާރަ |
11065/-ރުފިޔާ |
ސަރވިސް އެލަވަންސް |
2000/-ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް |
މުސާރައިގެ 35% |
އިތުރު އެލަވަންސް |
މެރިން ސައިންސް ނުވަތަ މެރިން ޓެކްނޮލޮޖީގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސެން ނެތްނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1300/-ރުފިޔާ ލިބޭނެއެވެ. |
އިތުރު އިނާޔަތްތައް |
· ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. · ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. · ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން އެކަށައަޅާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ބަޔާންކޮށްފައިވާ ޕޯޓްސް އެންޑް މެރިޓައިމް ދާއިރާއިން ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި އެ ޤާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުން. އަދި ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެފަދަ ސިޔާސަތުތައް ކުރިއެރުވުމަށް މަސައްކަތްކުރުން. 2. މެރިޓައިމް ޓްރާންސްޕޯޓް ޑިވިޜަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، މޮނީޓަރކޮށް ސުޕަރވައިޒްކުރަންޖެހޭ މުވައްޒަފުން ސުޕަރވައިޒްކުރުމާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އެމަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން. އަދި ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގެ މަސައްކަތްތަކާއި، އުޅަނދުފަހަރާބެހޭ ދަފްތަރު ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވައި، ހިންގައި އެކަންކަން ހަރުދަނާ ކުރުން. 3. ކަނޑު އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓަރީކުރުމުގެ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމާއި، ކަނޑު އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި، ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމާއި، އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި މިކަންކަމާއި ގުޅޭ އެންމެހާ ކަންކަން ވިލަރެސްކުރުން. އަދި ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތައް އިމްތިޙާނުކުރާ އެގްޒަމިނަރުންގެ މިންގަނޑު އެކުލަވާލައި، އެފަރާތްތަކަށް ދޭންޖެހޭ ހުއްދަތައް ދިނުމުގެ އިންތިޒާމުތައް ރާވައި ހަމަޖެއްސުން. 4. ބައިނަލްއަގުވާމީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނިއުއަސް ޑިސްޗާޖް ސެޓްފިކެޓް ނުވަތަ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމަންޓް" ދޫކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ކަމާގުޅުންހުރި މުވާހަދާގެ ދަށުން ހަމަޖެއްސުމާއި، މިފަދަ ސެޓްފިކެޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމު ހަމަޖެއްސުން. 5. އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ) ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ބައިވެރިވެފައިވާ އައި.އެމް.އޯގެ މުވާހަދާތަކުން ލާޒިމުކުރާ އެންމެހާ ކަންކަން ކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ވިލަރެސްކުރުމާއި، އަދި އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ބައިވެރިވެފައިވާ އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަން 2006 އިން ލާޒިމުކުރާ އެންމެހާ ކަންކަން ކުރުމަށްޓަކައި ހަމަޖައްސަންޖެހޭ ކަންކަން ވިލަރެސްކުރުން. 6. ދިވެހިރާއްޖެ ބައިވެރިވެފައިވާ ކަނޑުދަތުރުފަތުރުގެ ކަންކަމާގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ލާޒިމުކުރާ މެރިޓައިމް އެޑްމިނިސްޓްރޭޝަން އޮޑިޓާއި ގުޅޭ އެންމެހާ ކަންކަން ރާވައި ވިލަރެސްކުރުން. އަދި ދިވެހިރާއްޖޭގައި މެރިޓައިމް ތަމްރީންދޭ މަރުކަޒުތަކަށް ހުއްދަދިނުމަށްޓަކައި ހަދަންޖެހޭ މިންގަނޑުތައް އެކަށައަޅައި އެމަރުކަޒުތައް ހިނގަނީ އެމިންގަނޑުތަކާއި އެއްގޮތަށްކަން ޔަގީން ކުރުމަށްޓަކައި އޮޑިޓްކުރުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމާއި، ކަނޑު އުޅަނދުފަހަރު ސާރވޭކުރުމުގައި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް ހުންނަންޖެގޭ މިންގަނޑުތައް ކަނޑައެޅުމާއި، އުޅަނދުފަހަރު ދަތުރުކުރާ ސަރަޙައްދުތައް ކަނޑައަޅައި އެސަރަޙައްދުތަކަށް ކެޓަގަރީތައް ހަމަޖެއްސުމުގެ ކަންކަން ވިލަރެސްކުރުން. 7. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބައިނަލްއަގުވާމީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ފްލޭގް ސްޓޭޓް ސާރވޭކުރުމުގެ އެންމެހާ ކަންކަން ރާވައި ހިންގުމާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑު އުޅަނދުފަހަރުގެ ޕޯޓް ސްޓޭޓް ކޮންޓްރޯލް އިންސްޕެކްޝަންގެ މަސައްކަތް ބަލަހައްޓާ ވިލަރެސްކުރުން. 8. ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ކޯސްޓަލް ނެވިގޭޝަންގެ ޚިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސާރވިސްގެ ކަންތައްތައް ވިލަރެސްކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބައިނަލް އަގުވާމީ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ޚިދުމަތްދޭ ބަނދަރުތަކުގެ ސެކިއުރިޓީ، އައި.އެސް.ޕީ.އެސް ކޯޑްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ހުރިތޯ ބަލައި ބަނދަރުތައް އޯޑިޓް ކުރުމުގެ ކަންކަން ވިލަރެސްކުރުން. އަދި ދިވެހިރާއްޖޭގައި ހިންގާ ބައިނަލް އަގުވާމީ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ޚިދުމަތްދޭ ބަނދަރުތަކާއިބެހޭ ޤާނޫނާއި ގަވާއިދުތައް އެކުލަވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން އިންތިޒާމުކުރުމާއި އެކަންކަން ވިލަރެސް ކުރުން. 9. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ކަނޑު ދަތުރުފަތުރުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުމާއި، އަދި ކަނޑު އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަޙްޤީޤުކުރުމާއި، ތަޙްޤީޤް ރިޕޯޓުތައް ހޯދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތަޙްޤީޤު ރިޕޯޓުތައް ފަސޭހައިން ހޯދޭނެ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުމާއި، ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 10. ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ބަންނަ ކަނޑުގެ އުޅަނދުފަހަރު އުފައްދާ ނުވަތަ ބަންނަ ބޯޓްޔާޑްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، އުޅަނދުފަހަރު މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ކަނޑު އުޅަނދުފަހަރު ބަންނަ މާވަޑިންނާއި، އުޅަނދުފަހަރު ފަރުމާކުރާ ނޭވަލް އާކިޓެކްޓުން ސަރޓިފައިކުރާނެ މިންގަނޑުތައް ކަނޑައަޅާ ބެލެހެއްޓުން. އަދި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ރައްކައުތެރިކަމަށް ބޭނުންވާ ނެވިގޭޝަން ލައިޓާއި، ބޮއި އަދި މިނޫންވެސް ނެވިގޭޝަން އެއިޑްތައް ޤާއިމްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވައި، އެކަންކަން ވިލަރެސްކުރުން. 11. ކަނޑު ދަތުރުފަތުރާއިގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކާއި، ޖަމްޢިއްޔާތަކާއި، ޔޫނިއަންތަކާއި އަދި ކޮމިޓީތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރުމާއި، އެފަދަ ފަރާތްތަކުގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި، މެރިޓައިމް ޓްރާންސްޕޯޓް ޙަރަކާތްތަކާއި ގުޅިގެން ޤައުމީ ފެންވަރުގައާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، އެފަދަ ކަންކަމަށް އެއްބާރުލުން ދިނުން. އަދި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަޙްޤީޤުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލާ ޝާއިޢުކުރުމާއި، ހަދަންޖެހޭ ޕްލޭންތައް ހަދައި ހިންގުން. 12. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ފެތޭ އަދި އުރޭ އުޅަނދުފަހަރުގެ ސަލްވޭޖް އޮޕަރޭޝަން ގެ އެންމެހައި ކަންކަން ވިލަރެސްކުރުމާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ އިންޝޫރެންސްއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ވިލަރެސްކުރުން. އަދި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ދެވޭ ޢާންމު ޚިދުމަތްތަކާއިބެހޭ އެންމެހައި ކަންކަން ވިލަރެސްކުރުން. 13. މަތީގައި ވަކިވަކިން ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއިން އޮތޯރިޓީއަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ،ނުވަތަ އެކަމަށް މަގުފަހިކުރާ ނުވަތަ ކަމާގުޅޭ އެންމެހާއި ކަންކަން ވިލަރެސް ކުރުން. |
މަޤާމުގެ ޝަރުތުތައް |
|
އަސާސީ ޝަރުތު |
1. މެރިން ސައިންސް ނުވަތަ މެރިން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިން ސައިންސް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން. ނުވަތަ 2. މެރިން ސައިންސް ނުވަތަ މެރިން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑެގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިން ސައިންސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ، (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
· ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. · މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. · ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. · ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން. |
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) |
|
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2019 އިން ފެށިގެން 15 ނޮވެމްބަރ 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޯބަރ 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިތުރު މަޢުލޫމާތު:
· ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.
މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.