ކުއްޔަށް ހިފުން
ނަންބަރު: GS128/IUL/2019/28
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 16 އޮކްޓޫބަރު 2019 11:00
މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

 

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ  03 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމަންޓެއް، 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު (GS128/IUL/2019/27، 01 އޮކްޓޯބަރ 2019) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

16 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު 11:00 ގައި މަޑުއްވަރީ ސްކޫލްގައި

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޑުއްވަރީ ސްކޫލް

ރ. މަޑުއްވަރި، ދިވެހިރާއްޖެ

ފޯން: 6580146

އީ-މެއިލް: [email protected]

07 އޮކްޓޫބަރު 2019