މަސައްކަތް
ނަންބަރު: (IUL)426-AA/426/2019/366
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 13 އޮކްޓޫބަރު 2019 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ވިޝަން އަދި ޑިވެލޮޕްމެންޓް ޕްލޭން ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ވިޝަން އަދި ޑިވެލޮޕްމެންޓް ޕްލޭން ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު  (IUL)426-AA/426/2019/323 އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، މި ދެންނެވުނު އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 07 އޮކްޓޯބަރު 2019  ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 13 އޮކްޓޯބަރު 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އަވަށު އޮފީސްތަކުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 17 އޮކްޓޯބަރު  2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 08 އޮކްޓޯބަރު 2019  ވާ އަންގާރަ ދުވަހުން ފެށިގެން 16 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 16 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް:  [email protected]   

ކޮޕީ :  [email protected]

07 ސަފަރު 1441

07 އޮކްޓޫބަރު 2019