މަސައްކަތް
ނަންބަރު: (IUL)347/347/2019/79
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 23 އޮކްޓޫބަރު 2019 13:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މިރަށުގައި ހަދަންފަށާފައިވާ ފުޓްސެލް ދަނޑުގެ ނުނިމިހުރި މަސައްކަތް ތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން މި އިދާރައިގެ ނަންބަރު: (IUL)347/347/2019/73 އިޢުލާނައިގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، ސުރުހީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.  

ވީމާ، މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި އެވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ.

#

މަސައްކަތް

ތަފްޞީލް

1

ބިޑްފޯމު ދޫކުރުން

ބިޑުފޯމު ދޫކުރާނީ، 2019 އޮކްޓޫބަރު 07 އިން 2019 އޮކްޓޫބަރު 14 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް (ބިޑުފޮތެއްގެ އަގަކީ 250.00(ދުއިސަތައް ފަންސާސް) ރުފިޔާ އެވެ.)

2

ޕްރީބްޑު މީޓިން

ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2019 އޮކްޓޫބަރު 16 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރާގައެވެ.

3

ބިޑުހުށަހެޅުން

މި މަސައްކަތަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަންނާނީ، 2019 އޮކްޓޫބަރު 20 އިން 2019 އޮކްޓޫބަރު 23 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާއިންނެވެ.

4

ބިޑު ހުޅުވުން

ހުށަހަޅާބިޑުތައް ހުޅުވާނީ 2019 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާގައި، ބިޑުހުށަހެޅި ފަރާތްތަކުގެ ނުވަތަ އެ ފަރާތްތަކުން ފޮނުވާ ބައެއްގެ ޙާޟިރުގައެވެ. ބިޑު ހުޅުވުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ފޮނުވަންވާނީ، އެކަން އެގޭނެ ލިޔުމަކާއިއެކުއެވެ.

 

މި މަސައްކަތަށް އެދި ހުށަހަޅާ ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ ބިޑުތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބަލައިނުގަންނާނެވާހަކަ ދަންނަވަމެވެ.

02 އޮކްޓޫބަރު 2018