ކުއްޔަށް ދިނުން
ނަންބަރު: (IUL)337-C-AA/337/2019/65
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 10 އޮކްޓޫބަރު 2019 12:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އަތިރި މައްޗާއި ހުސްބިންތައް ވަގުތީގޮތުން ބޭނުންކުރުމަށް އެކުލަވާލެވި ޢާއްމު ކުރެވިފައިވާ އުޞޫލަށް އިޞްލާޙު ގެނެވި އަލުން އެއުޞޫލާއި އެއްގޮތަށް ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލުން

 

(IUL)337-C-AA/337/2019/65  ނަމްބަރ

 

އިޢުލާން

 

ރަށުގެ އަތިރި މައްޗާއި ހުސްބިންތައް ވަގުތީގޮތުން ބޭނުންކުރުމަށް އެކުލަވާލެވި ޢާއްމު ކުރެވިފައިވާ އުޞޫލަށް އިޞްލާޙު ގެނެވި އަލުން އެއުޞޫލާއި އެއްގޮތަށް ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލުން

 

01 އޮކްޓޯބަރ 2019 ވަނަ ދުވަހުން ފެށިގެން ރަށުގެ އަތިރިމައްޗާއި، ހުސްބިންތަކާއި، ޕާރކްފަދަ ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެފަދަ ޚިދުމަތްތަކުން ފީ ނެގުމުގެ އުޞޫލަށް އިސްލާޙުގެނެވި އަލަށް އެކުލަވާލެވުނު އޫޞޫލުތަކާއި އެއްގޮތަށް ތިރީގައި މިދަންނަވާ ވިޔަފާރީގެ ބޭނުން ތަކަށް ބިން ހޯދުމަށް ފުރުސަތު ހޅުވާލާ ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

  1. ގާޑިޔާ ބިންތައް.
  2.  ގޮނޑި މޭޒު ބަހައްޓައިގެން ބޭނުންކުރާ (ހިންގަމުންދާ ވިޔަފާރިއެއްގެ  މަސްލަހަތު އޮންނަ) ބިންތައް.
  3. ވޯޓަރ ސްޕޯޓްސް ގެ ވިޔަފާރިއަށް (ބީޗް އޭރިއާއިން ޚާއްޞަ ކުރެވިފައިވާ) ބިންތައް.

މަތީގައި 02 ވަނަ ނަމްބަރުގައި ބަޔާންކުރެވި  ކަނޑައެޅިފައިވާ ހިނގަމުންދާ ވިޔަފާރިއެއްގެ މަސްލަހަތު އޮންނަ ބިންތައް ފުރަތަމަ އިސްކަން ދެވޭނީ އެވިޔަފާރިއެއް ހިންގާ ފަރާތެއް އެދިފައިވާނަމަ އެފަރާތަކަށެވެ.

މި އިޢުލާނާއި އެކު އަލަށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި ބިންތައް ކެޓެގެރީކުރެވިފައިވާ ގޮތުގެ ރަށުގެ ޗާޓް ޢާންމު ކުރީމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބޭނުންވާ ބިން ނަމްބަރ (ކެޓެގެރީއާއި އެކު) ބަޔާންކޮށް ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއި އެކު (ގާޑިޔާތައް ފިޔަވައި) ސިޓީއިން ހުށަހެޅުއްވުން އެދެމެވެ.

 

01 އޮކްޓޯބަރ 2019

01 އޮކްޓޫބަރު 2019