މަސައްކަތް
ނަންބަރު: (IUL)30-C/30/2019/216
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 01 އޮކްޓޫބަރު 2019 00:35
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މިމިނިސްޓްރީގެ ބޭނުމަށް މިއިއުލާނާއި އެކު ހިމެނިފައިވާ ލިސްޓްގައިވާ ތަކެތި ގަނެ ރ.ފައިނަށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

މިމަސައްކަތް ނިންމުމަށް ކަނޑައެޅިފައިވަނީ 15 ދުވަހެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 90 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 90 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 10 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

 

24 ސެޕްޓެންބަރު 2019