ކުއްޔަށް ހިފުން
ނަންބަރު: (IUL)305/305/2019/87
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 0836
ސުންގަޑި: 12 ސެޕްޓެންބަރު 2019 1000
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތު މީހުން ބޭއްތިބުމަށް ގެއެއް ހޯދުމާއިގުޅޭ

އިޢުލާން

ބިދޭސީ މަސައްކަތު މީހުން ބޭއްތިބުމަށް ގެއެއް ހޯދުމާއިގުޅޭ

 މި އިދާރާގެ ނަންބަރު : (IUL)305/305/2019/83  (05 ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް އަލުން ބިދޭސީ މަސައްކަތު މީހުން ބޭތިއްބުމަށް ގެއެއް ހޯދުމަށް އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

¬މަޢުލޫމާތު ދިނުމުގެ ސެޝަން: 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގަ.

¬އަންދާސީ ހިސާބު ހުށަހެޅުން: 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ރ.މާކުރަތު ކައުންސިލް އިދާރާގެ މީޓިން ރޫމްގަ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަންޖެހޭނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީއާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 މުޙައްރަމް 1441

2019-09-10