ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2019/109
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1556
ސުންގަޑި: 19 ސެޕްޓެންބަރު 2019 1300
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

ނަންބަރު: IUL)10-C/10/2019/109)

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-309967

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް /މޮނިޓަރިންގ، ރިހެބިލިޓޭޝަން އެންޑް ޕީސް ޑިޕާޓްމަންޓް/ ކ. މާލެ

މުސާރަ:

މަހަކު 13,890.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1,500.00ރުފިޔާ ހަމަޖެހޭނެއެވެ.
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޮނިޓަރިންގ ޑިޕާރޓްމަންޓުގައި ހިމެނޭ ޕީސް އެންޑް ސެކުރިޓީ ސެކްޝަނާއި ރީހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން ސެކްޝަނާއި މޮނިޓަރިންގ ސެކްޝަންގެ މަސައްކަތްތައް އޯވަސީ ކުރުން އަދި ސެކްޝަންގެ ވެރިންނަށް އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާއެރުވުން.
  2. ޤައުމުގެ މަޞްލަޙަތާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމަށްޓަކައި ފުލުހުން ކުރާމަސައްކަތްތަކާއި ގުޅޭ ތަފާސް ހިސާބުތައް ދިރާސާކޮށްގެން ނެރެފައިވާ ނަތީޖާތައް ބަލާ ވަޒަންކޮށް އެކަމުގައި ފިޔަވަޅު އަޅާ އިސްލާހުކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް މިނިސްޓަރ އަށް ލަފާއެރުވުން އަދި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އިސްލާހު ކުރުމުގެ މަސައްކަތްކުރުން.
  3. ކުށްކުރާ މިންވަރާއި، ކުށްކުރުން މަދުކުރުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކާއި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތައް މުރާޖާކޮށް، ކުށްމަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް ކަމާގުޅޭ ފަރާތްތަކަށް ހުށަހަޅައި އެއަށް ޢަމަލުކުރާ މިންވަރު ވަޒަންކުރުން.
  4. ކުއްވެރިން ބެލެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތްތައް ކުރުވުމާއި ސިޔާސަތުތައް އެކަށައެޅުމުގައި ފޯރުކޮށްދޭންޖެހޭ ފަންނީ ލަފާ ފޯރުކޮށްދިނުން.
  5. ކުއްވެރިން ބެލެހެއްޓުމަށް ހިންގޭ އެންމެހާ ރީހެބިލިޓޭޝަން ޕްރޮގުރާމްތައް ހިނގާގޮތް މޮނީޓަރކޮށް ޕްރޮގުރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންކަންބަލާ، ދިރާސާކޮށް އެކަމާގުޅިގެން މިނިސްޓަރަށް އަދި މޯލްޑިވްސް ކަރެކްޝަނަނަލް ސާރވިސްއަށް އަދި އެނޫންވެސް މީހުންބަދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް އަރުވަންޖެހޭ ލަފާއެރުވުން.
  6. މިނިސްޓްރީގެ ބެލެނިވެރިކަމުގައި ހިމެނޭ ޤާނޫނުތައް ތަންފީޒުކުރެވޭ މިންވަރުބަލާ ހަދާރިޕޯރޓުތަކަށް ފަންނީ ލަފާ ފޯރުކޮށްދިނުން އަދި މިގޮތައް ހެދޭ ރިޕޯރޓުތަކާ ދިރާސާތަކުން ނެރެވޭ ނަތީޖާތައް މިނިސްޓަރއާ ހިއްސާކޮށް އަރުވަންޖެހޭ ލަފާއެރުވުން.
  7. އެންޓި ތޯޗަރ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި މުއާހަދާ ތަކާގުޅިގެން އެކިއެކި ޖަމިއްޔާތަކާއި މުއައްސަސާތަކަށް ފޮނުވަންޖެހޭ ރިޕޯރޓުތައް ފޮނުވޭތޯ ކަށަވަރު ކުރުން.  
  8. ޑިޕާރޓްމަންޓުގެ އިސްވެރިޔާގެ ހައިސިއްޔަތުން މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭނެ އެކި ކަންކަން ފާހަގަކޮށް މަޝްވަރާކޮށް ސީނިޔަރ މެނޭޖްމަންޓަށް ލަފާއެރުނުން.  
  9. ޑިޕާރޓްމަންޓްގެ އެންމެ އިސްވެރިޔެއްގެ ހައިސިއްޔަތުން މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ބައްދަލުވުނުންތަކާއި ކޮމިޓީތަކުގައި ބައިވެރިވުން. 
  10. މޮނިޓަރިންގ ޑިޕާރޓްމަންޓުދަށުގައިވާ ސެކްޝަނުތަކުގެ ވެރިޔެއް ޗުއްޓީ ނަންގަވާފައިވާނަމަ، އެސެކްޝަނެއްގެ ވެރިޔެއް އަނބުރާއަންނަންދެން ސެކްޝަންގެ ވެރިޔާގެ ޒިންމާތައް އުފުލުން. 
  11. މީގެ އިތުރުން މުޅި މިނިސްޓްރީއަށޤ ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. 

 

މަޤާމުގެ ޝަރުޠުތައް:

  1. ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،   ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،    ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@homeaffairs.gov.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޕްރެޒެންޓޭޝަނާއި، އިމްތިހާން / ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލް / އިމްތިހާން އާއި ޕްރެޒެންޓޭޝަން އޮންނާނީ، 06 އޮކްޓޯބަރ 2019 އާއި 17  އޮކްޓޯބަރ 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

11 މުޙައްރަމް 1441

2019-09-10