ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2019121
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1550
ސުންގަޑި: 17 ސެޕްޓެންބަރު 2019 1700
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލްޑަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ވެލްޑަރ

ވަޒީފާގެ ދާއިރާ:

  • ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމަންޓް
  • އިންޖިނިއަރިންގ އެންޑް މެކޭނިކަލް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

02 ( ކޮންމެ ދާއިރާއަކަށް 01 )

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:  

-/5300ރ އާއި -/17000ރ ދެމެދު

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތުގެ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ވެލްޑިންގ އެންޑް ފެބްރިކޭޝަން ދާއިރާއިން ސެޓްފިކެޓް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިޕާޓްމަންޓު / ކުންފުނީގެ ވެލްޑިން މަސައްކަތްތައް

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2019 ސެޕްޓެމްބަރ 17 ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2019 ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv     ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މަޤާމަށް ޝަރުތު ހަމަވާ އަދި ޝޯޓްލިސްޓް ވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ފެންވަރު ބެލުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތާއި ގުޅުންހުރި އިމްތިޙާނެއް ދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              11   މުޙައްރަމް   1440 

             10  ސެޕްޓެމްބަރ  2019

 

2019-09-10