ދިވެހިރާއްޖެ
މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދެއް ރެޓްރޮފިޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމާއިބެހޭ
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ދަށުންކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 2020ގެ ނިޔަލަށް ހައިޑްރޯކްލޯރޯފްލޯރޯކާބަންސް ބޭނުންކުރުން ހުއްޓާލުމާއި އަދި ބަދަލުގައި ބޭނުންކުރާ ގޭހަކީ ގްލޯބަލް ވާރމިން ޕޮޓެންޝިއަލް ދަށް ގޭސްކަމުގައި ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާގެ އުޅަނދުތަކުގައި ފިނިކުރުމަށް ބޭނުންކުރާ ގޭސްތައް ގްލޯބަލް ވާރމިން ޕޮޓެންޝިއަލް ދަށް ގޭހަށް ބަދަލުކުރުމަށް މަލްޓިލެޓަރަލް ފަންޑް ފޮރ އިމްޕްލިމެންޓޭޝަން އޮފް ދަރ މޮންޓްރިއަލް ޕްރޮޓޮކޯލްއިން ހިލޭ އެހީވަނީ ލިބިފައެވެ. ވީމާ، މިދާއިރާގައި ބޭނުންކުރާ އުޅަނދެއްގައި މިހާރު ބޭނުންކުރާ ގޭހުގެ ބަދަލުގައި އެއަށްވުރެ ގްލޯބަލް ވާރމިން ޕޮޓެންޝިއަލް ދަށް ގޭހަކަށް ބަދަލުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ހުށަހެޅުމަށް ކުރެވުނު ދެ އިއުލާނަށް(IUL)438-ENV/438/2019/215) އަދި (IUL)438-ENV/438/2019/222) އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު 17 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުއްވުމުގެ ދައުވަތު އަލުން ހުޅުވާލަމެވެ.
- ކުންފުނީގެ ތަޢާރަފު
- ކުންފުނީގެ އެކި އިކްއިޕްމަންޓްތަކުގައި ބޭނުންކުރާ ގޭހުގެ ބާވަތާއި މިންވަރު
- ގޭސް ބަދަލުކުރުމަށް ކަނޑައަޅާ އުޅަނދާއި ބެހޭ މަޢުލޫމާތު (ބޭނުންކުރާ ގޭސް، އުޅަނދު ބޭނުންކުރާތާ ވީ އަހަރު)
- ގޭސް ބަދަލުކުރުމަށް ހިނގާނެ ޚަރަދު
މިމަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ފޯން: 3018300
ފެކްސް: 3018301
ވެބްސައިޓް: www.environment.gov.mv