ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2019/330
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 18 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޯލް ސެންޓަރ އޮފިސަރ މަގާމަށް މީހުން ހޯދުމާގުޅޭ

 

އިޢުލާން

މަޤާމު

ކޯލް ސެންޓަރ އޮފިސަރ

މަޤާމުގެ ނަންބަރު

J-315092, J-315093, J-315094, J-315095, J-315096, J-315097, J-315098,

 J-315099, J-315100, J-315101, J-315102, J-315103, J-315104, J- J-315105, J- J-315106, J- J-315107, J- J-315108, J- J-315109, J- J-315110,

 J- J-315111,

ބޭނުންވާ އަދަދު

20 (ވިހި)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

މޯލްޑިވްސް އެމްބިއުލަންސް ސަރވިސް އޮޕަރޭޝަން / ކޯލް ސެންޓަރ އޮޕަރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / އީ.އެމް.އެސް އޮފީސް، ހުޅުމާލެ

މަސައްކަތް ކުރަންޖެހޭ ގަޑި

ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ ތަކުގައި މަސައްކަތްކުރުން

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

 

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވެންސް :2  -/700

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކޯލް ސެންޓަރަށް އަންނަ ހުރިހާ ފޯންކޯލުތަކަށް ޖަވާބުދިނުމާއި، އަދި އާންމު މީހާއަށް ދިމާވެފައިވާ މައްސަލައިގެ ހައްލު ހޯދައި ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.
  • ޚިދުމަތް ލިބި ގަތުމަށް ގުޅާ ފަރާތްތަކަށް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރުން.
  • ޚިދުމަތް ލިބި ގަތުމަށް ގުޅާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ދަނެގަނެ، ގުޅަންޖެހޭ ފަރާތްތަކާއި ގުޅައި، އެމްބިއުލާންސް ވީހާ އަވަހަކަށް ހޯދައިދިނުން.
  • ޚިދުމަތް ލިބި ގަތުމަށް ގުޅާ ފަރާތްތަކުގެ މައްސަލަތަކަށް ހުށިއާރުވުން، އަދި އިމާރޖެންސީ، ކާރިސާތަށް، އަދި ފުރާނައަށް ނުރައްކާވާ ހާލަތްތައް ދަނެގަނެ، އޮންނަ އުސޫލުގެތެރެއިން އަވަސް ފިޔަވަޅުއެޅުން.
  • ޚިދުމަތް ލިބި ގަތުމަށް ގުޅާ ފަރާތާއި ހަމައަށް އެމްބިއުލާންސް ދޭތޯ ނުދޭތޯ ބަލައި، އެމްބިއުލާންސް ދިއުން ކަށަވަރުކޮށް، އެންމެ އެކަށީގެންވާ ހޮސްޕިޓަލާއި ހަމައަށް ބަލި މީހާ ފޯރުކޮށްދެވުނުކަން ކަށަވަރުކުރުން.
  • ބަލި މީހާއާއި ހަމައަށް އެމްބިއުލާންސް ދިއުމާހަމައަށް، ބަލި މީހާއަށް ދިމާވެފައިވާ ސިއްޙީ މައްސަލައަށް އެހީތެރިވުމުގެ ގޮތުން ބަލި މީހާއާއި މުޢާމަލާތުކޮށް، އޮންކޯލް ޑޮކްޓަރާއި ގުޅާދީ ބަލި މީހާއަށް އެވަގުތަށް ބޭނުންވާ ސިއްޙީ ލަފާ ފޯރުކޮށް ދިނުން.
  • އެމްބިއުލާންސްގެ ޓީމާއި މުޢާމަލާތުކުރަން ބޭނުންވާ ހާލަތްތަކުގައި ޓީމްއާއި ގުޅައި، އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯލް ސެންޓަރުގެ ޚިދުމަތަށް ބޭނުންވެގެން ގުޅާ ކޭސްތަކުގެ މަޢުލޫމާތު ހޯދުމާއި، އެ މަޢުލޫމާތު އެއްކޮށް ދަފްތަރު ބެލެހެއްޓުން.
  • ކޯލް ސެންޓަރަށް އަންނަ ހުރިހާ ފޯންކޯލުތަކުގައި އާއްމު މީހުން ޚިއްސާ ކުރާ މައްސަލަތަކުގެ ސިއްރު ހިފެހެއްޓުން، އަދި އެފަރާތްތަކުގެ މާއުލޫމާތު އޮންނަ އުސޫލުން ބޭރުން އހުއްދަނެތި އެހެން އެއްވެސް ފަރާތަކާއި ޚިއްސާ ނުކުރުން.
  • ކޯލް ސެންޓަރގެ ކޯލް މެނޭޖަރުންނަށް ބޭއްވޭ ތަމްރީނުތަކުގައި ފުރިހަމައަށް ބައިވެރިވުން، އަދި ހެދިފައިވާ އުސޫލުތަކަށް އަހުލުވެރިވެ، އެ އުސޫލުތަކަށް އަންނަ ބަދަލުތަކަށް ދުވަހުން ދުވަހަށް އަހުލުވެރިވުން.
  • ސެންޓަރުގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން، އަދި ސެންޓަރަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ތައްޔާރުކުރުން އަދި ވެރިންނަށް/ސުޕަވައިޒަރަށް ރިޕޯރޓް ކުރުން.
  • ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ސެޕްޓެންބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

                              

 

  

08 ސެޕްޓެންބަރު 2019