ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2019/244
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 15 ސެޕްޓެންބަރު 2019 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާން

މަޤާމް

ހިއުމަން ރިސޯސް އޮފިސަރ   

މަގާމުގެ ނަންބަރު:

J 232453

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / މާލެ ، ހިއުމަން ރިސޯސް ސެކްޝަން

މުސާރަ:

-/6295  ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000  ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,203/25 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

1762/60 ރުފިޔާ

މަގާމުގެ ޝަރުތު

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ  ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން  މަސައްކަތާ ގުޅޭ  ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މަސައްކަތު އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފޯމުތައް ފޮނުވުމާއި، މުވައްޒަފުންގެ   މަސައްކަތުގެ ޓާގެޓް ސެޓްކުރުމަށް ދެންނެވުން.                                                             
  2. ފޯމުތައް މިނިސްޓްރީގެ ދާއިރާތަކަށް ފޮނުވުމުގެ ކުރިން ސެކްޝަން 1 ގައިވާ 'މަސައްކަތުގެ ފެންވަރުބެލޭ މުވައްޒަފާއި ބެހޭ މަޢުލޫމާތު" އެ މުވައްޒަފެއްގެ މަޢުލޫމާތު ފައިލުގެ އަސްލު ރެކޯޑުތަކާއި އެއްގޮތަށް ފުރިހަމަ ކުރުން.
  3. މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކޮށް މުވައްޒަފުންނާއި މުޢާމަލާތު ކުރެވިފައިވޭތޯ ބެލުން.                
  4. މަސައްކަތު އަހަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައިގަނޑު މަސައްކަތްތައް ކުރުމަށް މިނިސްޓްރީގެ ދާއިރާތަކުގައި ދެންނެވުން.
  5. ފޯމުތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯމުތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުން.
  6. ދާއިރާގެ މުވައްޒަފުންގެ އަދަދާއި، ޓާގެޓް ކަނޑައެޅިފައިވާ މުވައްޒަފުންނާއި ފޯމުތައް ފުރިފައިވާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރުން.
  7. ފޯމުތައް ދިރާސާ ކުރުމަށްފަހު، އޭގެ ތެރެއިން އެއްވެސް ފޯމެއް ފުރިހަމަކޮށްފައިވަނީ ހަމަޖެހިފައިވާ ޤަވާޢިދުތަކާއި، ޢުޞޫލްތަކާއި ތަފާތު ގޮތަކަށް ކަމަށް ފެންނަ ނަމަ، ހިޔުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެދާއިރާއަކާއި މަޝްވަރާ ކޮށްގެން އެކަންތައްތައް ބަލައި ޙައްލު ކުރުން.
  8. ޕޮއިންޓް ދީފައިވަނި ދާއިރާތަކަށް ޕޮއިންޓް ދިނުމަށް ފޯމުގައި ކަނޑައެޅިފައިވާ އިންތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލައި ޗެކް ކުރުން. އަދި ބައެއް ބައިތަކަށް މާމަތިން ނުވަތަ މާ ދަށުން ޕޮއިންޓް ލިބިފައިވާނަމަ، މިކަން ހިޔުމަން ރިސޯސް ޕެނަލްގެ ސަމާލުކަމަށް ގެނައުން.
  9. މަސައްކަތުގެ ފެންވަރު ބެލުމާއި ބެހޭ ގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިޔުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރުން.

  10. މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ރޮނގުތައް ފާހަގަކޮށް ޒިންމާދާރު އިސްވެރިޔާއަށާއި ހިޔުމަން ރިސޯސް ޕެނަލްއަށް         ހުށަހެޅުން.

  11. ފޯމުތަކުގައިވާ މަޢުލޫމާތުތަކުގެ މައްޗައް ބަލައި، އެއޮފީހުގެ މުވައްޒަފުންނާއި ބެހޭގޮތުން ފާހަގަކުރެވޭ ރަނގަޅު ކަންތަކާއި،         ކުރިމަތިވެފައިވާ ދަތިތަކާއި، އުޞޫލީ މައްސަލަތައް ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން އިސްލާޙު ކުރަންޖެހޭ ކަންތައްތައް       ހިމެނޭގޮތުގެ ރިޕޯޓެއް އެކުލަވާލައި އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅުން.

  12. ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓޭތޯ ފެންވަރު ބެލުނު ފޯމުތައް       ބެލެހެއްޓެމުންދާކަން ކަށަވަރު ކުރުން.

  13. މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައް ދާގޮތް "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު         ބެލުމާއިބެހޭ އަތްމަތީ ފޮތުގައި" ވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނަށް އެންގުން.

  14. މަސައްކަތުގެ ފެންވަރު ބަލާ ނިމުމުން އެމަސައްކަތްތަކާބެހޭ ރިޕޯޓް ތައްޔާރުކޮށް ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން       ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.

  15. މުވައްޒަފުންނަން ލިބެންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ހިސާބުތައް ނިންމާ އެސް.އޭ.ޕީ ސިސްޓަމަށް އަޕްލޯޑް       ކޮށް ރެކޯޑު ބެލެހެއްޓުން.

  16. އެމް. އީ. އޭގެ މުސާރަ މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ ތާރީޚަކަށް އެސް. އޭ. ޕީ ސިސްޓަމަށް އަޕްލޯޑު         ކުރުން.

 17. މިނިސްޓްރީ އާއި މާޅޮސް މަޑުލު ދެކުނުބުރީ ބަޔޮސް ފިޔަރ ރިޒާވް އޮފީހުގެ ހުރިހާ މުވައްޒަފުންގެ ކޮންމެ މަހެއްގެ ޕެންޝަން  ސައިޓަށް އަޕްލޯޑް ކޮށް ރެކޯޑު ބެލެހެއްޓުން

 18. މިނިސްޓްރީއާއި ދާއިރާގެ ޓްރެއިނިންގ ރިކްއަމަންޓް އެކުލަވާލައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް      ފޮނުވުން.

 19. މުވައްޒަފުންގެ ފެންވަރުމަތިކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ދިނުމުގެ އެންމެހާ ކަންތައްތައް ކުރުން.

 20. ޓްރޭނިންގތަކަށް ހޮވޭ މުވައްޒަފުންނަށް އިދާރީ ގޮތުން ކޮށްދޭންޖެހޭ ކަންތައްތައް ކުރުން.     

 21. ތަމްރީނު ފަދަ ޕްރޮގްރާމްތަކަށް ރާއްޖޭންނާއި ރާއްޖޭން ބޭރަށްދާ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުން.

 22. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު          ކުރަންޖެހޭ މަސައްކަތްތައް ކުރުން.

  23. މިނޫނަސް އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  2. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019  ސެޕްޓެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 16 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,3018326،3018329 އަށް ގުޅުއްވުން އެދެމެވެ.

                       03 މުޙައްރަމް    1441

                       02 ސެޕްޓެމްބަރ   2019    

02 ސެޕްޓެންބަރު 2019