ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2019/45
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 15 ސެޕްޓެންބަރު 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓު ތަކުގައި އިމާރާތްކުރަން އެދޭ މީހުންގެ މަޢުލޫމާތު ހޯދުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން ހދ.އަތޮޅުގައި އެޅުމަށްހަމެޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި، ދިރިއުޅުމަށްޓަކައި މިހާރު ދޫކޮށްފައިވާ ގޯތި ތަކުގައިވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތްކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ވީމާ، މިދެންނެވި މަޝްރޫޢުގެ ތެރެއިން މިހާރު ދޫކޮށްފައިވާ ގޯތި ތަކުގައި ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ފަރާތްކުން މިއިދާރާއިން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 15 ސެޕްޓެމްބަރ 2019 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2019