މަސައްކަތް
ނަންބަރު: (IUL)101-AF/1/2019/279
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 10 ސެޕްޓެންބަރު 2019 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ 2019 ގައި "ކަންޓްރީ ޕެވިލިއަން ސްޓޯލް" ޑިޒައިން ކުރާނެ ފަރާތެއް ހޯދުމާގުޅޭ

(IUL)101-AF/1/2019/279 :ނަންބަރު

އިޢުލާން

    2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ 2019 ގައި "ކަންޓްރީ ޕެވިލިއަން ސްޓޯލް" ޑިޒައިން ކުރާނެ ފަރާތެއް ހޯދުމާގުޅޭ

2 ވަނަ ޗައިނާ އިންޕޯޓް އެކްސްޕޯ ނޮވެމްބަރު މަހުގެ 05 އިން 20 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެކްސްޕޯގައި " ކަންޓްރީ ޕެވިލިއަން" ގައި މި މިނިސްޓްރީ އިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.      

ކަންޓްރީ ޕެވިލިއަންގައި ހަދާ ސްޓޯލް ޑިޒައިންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހުޅުވާލަމެވެ.   

މިއިޢުލާނާއި ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ، 12 ސެޕްޓެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 12.00 އެވެ. ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ އިކޮނޮމިކް މިނިސްޓްރީ، ބޮޑުތަކުރުފާނު މަގު ތިންވަނަ ފަންގިފިލާގައެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.

           މިއިޢުލާނާއި ގުޅިގެން، މަޢުލޫމާތު ސެޝަން އޮންނާނީ 10 ސެޕްޓެމްބަރު  2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި އިކޮނޮމިކް މިނިސްޓްރީ، ބޮޑުތަކުރުފާނު މަގު ތިންވަނަ ފަންގިފިލާގައެވެ.

ހުށަހެޅުއްވުންތަކުގައި، އަގުގެ ތަފްޞީލާއި އެކު ހިމަނަންޖެހޭ ބައިތައް އަދި މާރކިންގ ކްރައިޓީރިއާ (ޖުމްލަ މާރކްސް 100)  މި އިއުލާން އާއެކު ވާ ރިކުއެސްޓް ފޯ ޕުރޮޕޯސަލް (އާރް.އެފް.ޕީ ) ގައި ހިމަނާފައިވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މިނިސްޓްރީގެ ނަންބަރު 3323668 / 3333104 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

 

02 މުޙައްރަމް 1441

01 ސެޕްޓެމްބަރ 2019

01 ސެޕްޓެންބަރު 2019