މަސައްކަތް
ނަންބަރު: (IUL)303-AS/303/2019/56:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1319
ސުންގަޑި: 05 ސެޕްޓެންބަރު 2019 1100
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                                      ނަންބަރު: 56(IUL)303-AS/303/2019)

އިޢުލާން

 

އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:

          މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ މިދަންނަވާ ތަންތަނުގެ 2014 ން ފެށިގެން 2018 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ބިޑް ހުށަހަޅާ ފަރާތްތަކަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުއްދަ ދީފައިވާ އޮޑިޓް ފާމަކަށް ވާންޖެހޭނެއެވެ.

  1. އުނގޫފާރު ރައްޔިތުންގެ ވިޔަފާރި
  2. އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ
  3. އުނގޫފާރު ރައްޔިތުންގެ ބޭސްފިހާރަ

          ވީމާ މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2019 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އޮޑިޓް ކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580118 އަށް ކަމުގައި ދަންނަވަމެވެ.

ތިރީގައި އެވަނީ ހުށަހަޅަންޖެހޭ ލިޔެކިއުންތަކުގެ ތަފްސީލްއެވެ.

  1. އޮޑިޓް ފާމުގެ ރަޖިސްޓްރީގެ ކޮޕީ
  2. އޮޑިޓްފާމުގެ ޕްރޮފައިލް
  3. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ހުއްދަގެ ކޮޕީ

ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  1. ޕްރޮޖެކްޓްގެ އަގު ( ހަތްދިހަ މާކުސް )
  2. ޕްރޮޖެކްޓްގެ މުއްދަތު ( ފަނަރަ މާކުސް )
  3. މަސައްކަތުގެ ތަޖުރިބާ ( ފަނަރަ މާކުސް )

          ބިޑަށް ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުން އެންމެ ގިނަ ޕޮއިންޓު ލިބިގެން ބިޑް ކާމިޔާބުކުރާ ފަރާތަށް ކައުންސިލުން އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް ނިންމަން ޖެހޭނެއެވެ. އެއްވެސް ސަބަބަކާހުރެ މި މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރެވިއްޖެނަމަ ބިޑްހުށަހެޅި ފަރާތްތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަޕޮއިންޓު ލިބުނުފަރާތް އެދޭނަމަ އެފަރާތަށް މަސައްކަތް ޙަވާލުކުރުން ނުވަތަ އަލުން ބިޑްކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވާނެއެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

         28 ޛުލްޙިއްޖާ 1440

         29 އޯގަސްޓް 2019   

2019-08-29