ނީލަން
ނަންބަރު: (IUL)7-ADMN/1/2019/62
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 05 ސެޕްޓެންބަރު 2019 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ގިނަ ދުވަސްވެ ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލުން

މި އޮފީހުގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2019/62އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލެމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި ތަކެތި ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރު 5 ވާ ބުރާސްފަތި ދުވަހުގެ 08:00 އާއި 12:00 އާ ދެމެދު މިއޮފީހަށް  ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހުގެ 12:00 ކުރިން މިއޮފީހަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

 

27 އޯގަސްޓް 2019

27 އޮގަސްޓް 2019