ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2019/79
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:51
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ހަމަޖައްސާފައިވާ ޓެކްސީ ކުރުމުގެ އަގާއި ޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް ޖޫރިމަނާކުރުން

އިޢުލާން

މިއޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ޓެކްސީ ދުއްވާ ފަރާތްތަކުން ނަގަމުންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުންނެވެ. އެހެންކަމުން މިއޮތޯރިޓީގެ ނަންބަރު (IUL)202-L/I/2019/67 (2019 ޖުލައި 31) އިޢުލާނުން ހަމަޖައްސާފައިވާ އަގާއި ޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 48 ވަނަ މާއްދާގެ (ކ) ގެ ދަށުން  ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ މި މާއްދާގެ ދަށުން އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލްކުރެވޭނެކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

އަދި  މި  އިޢުލާނު  ގެޒެޓްކުރެވޭ  ތާރީޚުން  ފެށިގެން  މިއޮތޯރިޓީގެ  ނަންބަރު    (IUL)202-L/1/2019/74 (7 އޮގަސްޓު 2019) އިޢުލާނު ބާޠިލް ކޮށްފީމެވެ.

24  ޛުލްޙިއްޖާ   1440

25  އޮގަސްޓް   2019

 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

25 އޮގަސްޓް 2019