ކުއްޔަށް ހިފުން
ނަންބަރު: 171-I2(b)/IUL/2019/105
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 1216
ސުންގަޑި: 25 އޮގަސްޓް 2019 1600
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތައް ގޮވައިގެން ދޫނިދޫ އާއި މާލެ އާއި ދެމެދުކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ގޮވައިގެން މާލެ އަދި ދޫނިދޫ އާއި ދެމެދު ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ފެރީ ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރ 171-I2(b)/PS/IUL/2019/093 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް، ކޮންޓްރެކްޓް އުޞޫލުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް މިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ .
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި މިއިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

   3.ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 25 އޮގަސްޓް 2019 ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  4. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ.

ތާރީޚް:  26 އޮގަސްޓް 2019

ގަޑި:   11:00 

  5. ބީލަން ހުޅުވުން އޮންނާނީ 01 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 26 އޮގަސްޓް 2019 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ. 

  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް ޕޮލިސް ސަރވިސް

އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން: +960 979 0052

އީ-މެއިލް: zh_C1337@police.gov.mv

ކޮޕީ: procurement@police.gov.mv

            20 އޮގަސްޓް 2019

2019-08-21