ކުއްޔަށް ހިފުން
ނަންބަރު: FNK-I/IUL/2019/164
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 18:02
ސުންގަޑި: 05 ސެޕްޓެންބަރު 2019 10:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:

 

 

ނަންބަރު: FNK-I/IUL/2019/164  

 

އިޢުލާން

ގުދަނެއް ކުއްޔަށް ހިފުމާއި ގުޅޭ:

 

   މިކުންފުނީގެ ބޭނުމަށް މާލެއިން 1500-2000 އަކަފޫޓަށް ވުރެން ކުޑަނޫން ގުދަނެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު   FNK-I/IUL/2019/139 ޢިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ ޢިއުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެމްބަރ  2019ވާ އާދީއްތަ ދުވަހުގެ 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

 

          19 ޛުލްޙައްޖް 1440

          20 އޮގަސްޓް 2019

                          

 

 

 

20 އޮގަސްޓް 2019