ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2019/123
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 28 އޮގަސްޓް 2019 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިނިސްޓްރީގެ މަސައްކަތު މަޤާމަށް މީހުން ހޯދުން

އިޢުލާނު

 

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-221569, J-228998, J-221575, J-206010, J-117636, J-221579

ބޭނުންވާ އަދަދު:

06 (ހައެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސަޕޯޓް އެންޑް މެއިންޓަނަންސް ޔުނިޓް / ކޯޕަރޭޓް އެފެއާޒް ޑިވިޜަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މުސާރަ:

މަހަކު   3100.00ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 1000.00  ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު -/1200ރ (ބާރަސަތޭކަ ރުފިޔާ)
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އިސްލާމީ މަރުކަޒާއި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ހިމެނޭ ޢިމާރާތައި ގޯތިތެރެ ދެ އިރަށް ކުނިކަހާ އެއްއިރަށް ދޮންނަ ކުނޑިލައިގެން ދޮވެ ސާފުކުރުމާއި މަރުކަޒުގެ ހުރިހާ ފާޚާނާބަރިތަކާއި ވުޟޫކުރާ ބަރިތައް 5 ވަގުތަށް ދޮވެ ސާފުކުރުން.

2. މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ފިރިހެނުން ނަމާދުކުރުމަށް ހަމަޖެހިފައިވާ މާބުލް އޭރިޔާތައް 3 އިރަށް ކުނިކަހާ 2 އިރަށް މޮޕްކުރުމާއި ސީލިންގ ފަންކާތައް ދެ ދުވަހުން އެއްދުވަހު ފޮހުމާއި މިހުރާބުގެ ކާޕެޓް ދެ އިރަށް ވެކިއުމް އެޅުމާއި ހުރިހާ ޖާލިދޮރެއް ހަރުގަނޑަށް އަރައިގެން ފޮހެ ސާފުކުރުން.

3. މިނިސްޓްރީން އިންތިޒާމްކުރާ ހުރިހާ އިވެންޓްތަކާއި އަދި މިނިސްޓްރީއާ ގުޅިގެން ބޭއްވޭ އެންމެހާ އިވެންޓްތަކަށް ޓެންޓް ރާވާ އެތުރުމާއި އިވެންޓަށް ބޭނުންވާ ގޮނޑި، މޭޒު، ފޮތް، ފެން، ސައުންޑްގެ ޢާލާތްތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި ރޭވުމާއި އެތުރުމާއި އަދި އިވެންޓް ނިމުމުން ނެގުމާއި ގުދަން ކުރުން.

4. އެކިއެކި ޖަލްސާތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަން އަދި މީޓިންގ ރޫމް ތައްޔާރުކުރުމަށް ބޭނުންވާ ގޮނޑި، މޭޒު، ފޮތް، ފެން ސައުންޑް ޢާލާތްތައް އެތުރުމާއި ޖަލްސާ ނިމުމުން ތަކެތި ނަގާ ސާފުކުރުން.

5. މިނިސްޓްރީގެ އެކިއެކި ގުދަންތަކުގައި ހުންނަ ބަރުތަކެތި (ގޮނޑި، މޭޒު، ފޮތް، މުސްހަފް ކޭސް، ފެންކޭސް،ސައުންޑް އާލާތްތައް، ކާޕެޓް ރޯލް، ކޮމްޕިއުޓަރ ސިސްޓަމް ފަދަ) އޮފީހަށް ގެނައުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

6. މަރުކަޒުގެ ގޯތިތެރޭގައި ބަގީޗާގަސް އިންދުމާއި ގަސްކާނާ އަޅާ ފެންދިނުމާއި ދުވަހުން ދުވަހަށް ބެލެހެއްޓުމާއި މަރުކަޒު ވަށައިގެންވާ ގޯތިތެރޭގައި ހުރި ބޮޑެތި ގަސްތަކަށް އަރާ ގަސްތަކުގެ ހިކި ގޮފިތައް ކަނޑާ ސާފުކޮށް ބެލެހެއްޓުން.

7. އިސްލާމީ މަރުކަޒާއި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ހުރިހާ ޖާލިތަކާއި ޖާލިދޮރުތަކާއި ކޮޓަރިތަކަށް ވަންނަން ހުންނަ ބޮޑު ދޮރުތަކުގައި ވަރުނިޝްލުމާއި ފާރުގައާއި ފްލޯގައި ދަވާދުލުން.

8. އިސްލާމީ މަރުކަޒާއި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ހިމެނޭ އިމާރާތާއި ގޯތިތެރެ 2 އިރަށް ކުނިކަހާ ނެގޭކުނި ކުނިއަޅާތަނަށް ޖަމާކޮށް ސާފުކުރުން.

9. މިނިސްޓްރީން ކުރުމަށް ނިންމާ ޚާއްޞަ މަސައްކަތްތައް ކުރުން (ވާރޭ ފެންތާނގީ އެތެރެއަށް ވަދެ ސޮވެ ސާފުކުރުން)

10. މިނިސްޓްރީން އިންތިޒާމްކުރާ އެކިއެކި އިވެންޓްތަކަށް ބޭނުންވާ ކޮފީ ތައްޔާރުކުރުމާއި ސާވްކުރުމާއި ސައިކޮޓަރި ބެލެހެއްޓުން.

11. އޮފީހުގެ ރަސްމީ މަސައްކަތްތަކާގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން އެނގުން.

ނޯޓް: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ސަޕޯޓް ސަރވިސް (އެސް.އެސް 1 އިން އެސް.އެސް 5 އަށް)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު /ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

185

100

100


މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު / ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެންބަރު 01 އާ 12 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު / ޕްރެކްޓިކަލްސްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3315161 އަށެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

17 އޮގަސްޓް 2019