ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CIDS2/471/2019/ 42
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 2207
ސުންގަޑި: 13 އޮގަސްޓް 2019 1400
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުމުގެދަށުން ހުއްދައަށް އެދުމާއި ގުޅޭ

30 މާރިޗު 2019 ގައި ގެޒެޓުކޮއްފައިވާ 'ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު' I 2019/R-1017 ގެ ދަށުން މިވަގުތު ވަރަށް ގިނަ ފަރާތްތަކުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް ހުށަހަޅުއްވަމުންދާތީ ކުރިއަށް އޮތް ހަފްތާ އެއްކޮށް ބަންދުވުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން 13 އޮގަސްޓް 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ' ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމް' އާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަވެފައިވާނަމަ ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

 

 

ހުއްދައަށް އެދޭ ފޯމް މިމިނިސްޓްރީގެ ވެބްސައިޓު www.planning.gov.mv/cidd.html އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭނަމަ ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުމާއިއެކު މިނިސްޓްރީގެ އީމެއިލް construction@planning.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

2019-08-09