ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/64
ޕަބްލިޝްކުރި ތާރީޚް: 08 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 0859
ސުންގަޑި: 11 އޮގަސްޓް 2019 0000
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނައަހަރުގެ އަޟުހާ ޢީދު ދުވަހުގެ މުނާޞަބަތުގައި 11 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:30 ން 06:30 ށް މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން

އިޢުލާނު

 

1440 ވަނައަހަރުގެ އަޟުހާ ޢީދު ދުވަހުގެ މުނާޞަބަތުގައި 11 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:30 ން 06:30 ށް މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން

 

1440 ވަނަ އަހަރުގެ އަޟުހާ ޢީދުވަސް ފާހަގަކުރުމުގެ މުނާޞަބަތާއި ގުޅިގެން މިއަހަރުގެ އޮގަސްޓްމަހުގެ 11 ވަނަ ދުވަހު ހަވީރު 04:30ން ފެށިގެން އެ ދުވަހުގެ ހަވީރު 06:30ށް މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްކަމުގައި ހަމަޖައްސައިފީމެވެ.

މި ގޮތަށް ހަމަޖައްސަންޖެހުނީ މާލޭ ސިޓީ އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ، ކާރުބާރުބޮޑު ތޮއްޖެހިފައިވާ ސިޓީއަކަށްވާތީ، ހިތްހަމަޖެހިގެން އުފާފާޅުކުރުމުގެ ގޮތުން މަގުމައްޗަށްނުކުމެ ހިނގާބިނގާވެ އުޅުމަށް މީގެ ކުރިންވެސް މި ކައުންސިލުން އެކިއެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީގެ މަގުތައް ކުޑަވަގުތުކޮޅަކަށް އިންޖީނުލީ ދުއްވާ ވެހިކަލްތައް ދުއްވުން މަނާކުރުމުން، ވަރަށް ގިނައަދަދެއްގެ ރައްޔިތުންގެ އެއްބާރުލުމާއި ތަރުހީބު މި ކައުންސިލަށް ލިބިފައިވާތީއެވެ.

މިފަދަ ދުވަސްތަކުގެ ވަގުތުކޮޅެއް ފައިމަގުގައި ހިނގާ ވަގުތުކޮޅެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދެމުންދާތީ، މިއަހަރުގެ އަޟުހާ އީދު ދުވަހުގެ ހަވީރު 04:30ން 06:30ށް މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖައްސައިފީމެވެ.

މިގޮތަށް ހަމަޖައްސަންޖެހުނީ ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެމަތިން މާލޭ ސިޓީކައުންސިލުން ދޭންޖެހޭ ޚިދުމަތެއް ކަމުގައިވާތީއެވެ.

       ވީމާ، 11 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ ހަވީރު 04:30 އިން 06:30 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މަގުތަކުގައި  ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ ސައިކަލް
  4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
  5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

       މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

              06 ޛުލްހިއްޖާ 1440

              07 އޮގަސްޓް 2019

2019-08-08