ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-L/1/2019/74
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 31 އޮގަސްޓް 2019 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސީގެ ދަތުރުތަކަށް ބޮޑު އަގު ނަގަމުންދާތީ އެކަމުގެ ޝަކުވާ ހުށަހަޅާ ނަންބަރު

އިޢުލާން

މާލެ ސަރަހައްދުގައި ޓެކްސީ ފެއަރ ހަމަޖެއްސުމާއި ގުޅިގެން، ޓެކްސީ ދުއްވާ ފަރާތްތަކުން މިއޮތޯރިޓީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ނަގަމުންދާ ކަމުގެ ޝަކުވާ ގިނަ ޢަދަދަކަށް ދަނީ ލިބެމުންނެވެ. އެހެންކަމުން މިއޮތޯރިޓީގެ ނަންބަރު (IUL)202-L/I/2019/67  ( 2019 ޖުލައި 31 ) އިޢްލާނުން ހަމަޖައްސާފައިވާ އަގަށް ޓެކްސީ ދުއްވާ ފަރާތްތަކުން މާލޭ ސަރަޙައްދުގެ ދަތުރުތައް ކޮށްދެއްވުމަށް އަންގަމެވެ. އަދި މިއާޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާއިގުޅޭގޮތުން ޝަކުވާ ހުށަހެޅުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ވައިބަރ ނަންބަރު 9926091 އަދި ވަޓްސްއަޕް ނަންބަރު 9888999 އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު ފޮނުއްވުމަށްވެސް ދެންނެވީމެވެ. އަދި މިޤަވާއިދު ތަންފީޛު ކުރުމަށްޓަކައި ދަތުރު ކުރައްވާ ފަސިންޖަރުންގެ އެއްބާރުލެއްވުން ދެއްވުމަކީ މިއޮތޯރިޓީގެ ވަރަށްބޮޑު އެދުމެކެވެ.

-          އުޅަނދުގެ މަޢުލޫމާތު ދަތުރުގެ ތަފްޞީލާއި އެކު

-          ފަސިންޖަރުގެ މަޢުލޫމާތު

ނަން:

އެޑްރެސް:

އައިޑީކާޑް ނަންބަރު:

ވީމާ، މިވާހަކަ ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

06  ޛުލްޙިއްޖާ   1440

07   އޮގަސްޓް  2019

 

ދިވެހިސަރުކާރުގެ ގެޒެޓް

07 އޮގަސްޓް 2019