ޢާންމު މަޢުލޫމާތު
ނަންބަރު: IUL)202-A/1/2019/70
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި: 31 އޮގަސްޓް 2019 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްސީ އެޕްލިކޭޝަން އާއި ބެހޭ

އިޢުލާން

           މި އޮތޯރިޓީގެ ނަންބަރު (IUL)202-L/1/2019/66 (31 ޖުލައި 2019) އިއުލާންއިން 01 އޮގަސްޓް 2019 އިން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއް މި އޮތޯރިޓީން ހުއްދަދީފައިވާ އެޕްލިކޭޝަން ބޭނުންކުރުމަށް ކަނޑައަޅާފައިއޮތް އޮތުން ބާތިލް ކޮށްފީމެވެ. އަދި 01 އޮގަސްޓް 2019 އިން ފެށިގެން މި އޮތޯރިޓީގައި އަލަށް ރަޖިސްޓަރީ ކުރާ ޓެކްސީތަކަކީ މި ހުއްދަ ދީފައިވާ އެޕްލިކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީތައް ކަމުގައި ވާންޖެހޭނެކަމަށް ހަމަޖައްސާފީމެވެ.  

އަދި ދަންނަވަމެވެ. ޕްރައިވެޓް ހަޔާރ ގެ ގޮތުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން މި އޮތޯރިޓީން ހުއްދަ ދީފައިވާ އެޕްލިކޭޝަން ގެ ތެރެއިން އެޕްލިކޭޝަން އެއްގައި ބައިވެރި ވުމަށް އެފަރާތުގެ ތިރީގައި މިދަންނަވާ މައުލޫމާތު ތަކާއެކު ހުށަހެޅުމުން ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރުމުގެ ހުއްދަ ދޭގޮތަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ޕްރައިވެޓް ހަޔަރގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ހުށަހަޅަން ޖެހޭ ލިޔުންތައް:

  • ޑުރައިވިންގ ލައިސަންސްގެ ކޮޕީއާއި އައި.ޑީ.ކާޑުގެ ކޮޕީ
  • ޕޮލިސް ރެކޯޑު
  • ދިވެހި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ހޮސްޕިޓަލަކުން ނުވަތަ ޟިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ މެޑިކަލް ރިޕޯޓް (ހެއްދި ފަހުން 1 އަހަރު ނުވާ ސެޓްފިކެޓް)
  • މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ޓްރެފިކް ފުލުހުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޮޓް އޮތޯރިޓީން ހުއްދަ ދީގެން ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމުގައި ބައިވެރިވެ ލިބިފައިވާ ލިޔުން ހުށަހެޅުމުން (06 މަސް ދުވަހުގެ ތެރޭގައި މި ސެޓްފިކެޓް ހުށަހަޅާގޮތަށް ޕްރައިވެޓް ހަޔަރ އަށް ފަށައިގަންނަ އިރު ޕްރައިވެޓް ހަޔާރ ޑުރައިވަރުންނަށް މި ސެޓްފިކެޓް ނެތް ނަމަވެސް ހުއްދަ ދޫކުރެވޭނެ)    

      05 ޛުލްހިއްޖާ  1440

06 އޯގަސްޓު 2019 

06 އޮގަސްޓް 2019