ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2019/137
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 10 ސެޕްޓެންބަރު 2019 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރުގައި ސްލިޕްވޭއެއް އެޅުން (2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން)

ނައިފަރުގައި ސްލިޕްވޭއެއް އަޅާ ސްލިޕްވޭގެ ޚިދުމަތްތައް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކައުންސިލުން ކުރި (IUL)327-C/327/2019/105 (12 ޖޫން 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ބައްލަވާގަނެ ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މިއީ މިކަމަށް އިޢުލާންކުރެވޭ 2 ވަނަ ފަހަރު ކަމަށްވުމުން، އެންމެ ފަރާތަކުން ބިޑް ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް ހުށަހެޅުން އެކަށީގެންވާނަމަ އެފަރާތަކަށް ބިޑް އެވޯރޑްކުރެވޭނެއެވެ.

ބިޑް ޑޮކިޔުމެންޓްސް ވިއްކުން

ބިޑް ޑޮކިއުމެންޓް ގަންނަން ލިބެން ހުންނާނީ 06 އޯގަސްޓް 2019 (އަންގާރަ) ދުވަހުން ފެށިގެން 22 އޯގަސްޓް 2019 (ބުރާސްފަތި) ދުވަހަށް ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުންނެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 100.00 (ސަތޭކަ) ރުފިޔާއެވެ. ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ބިޑް ޑޮކިއުމެންޓް ގަނެފައިވަ ފާރާތްތަކުން މިމުއްދަތުގައި ބިޑް ނެގުމަށް ޙާޟިރުވުމުން، އެފަރާތްތަކަށް ހިލޭ ބިޑް ޑޮކިއުމެންޓް ދޫކުރެވޭނެއެވެ.

 

ޕްރީބިޑް މީޓިންގ

މިބިޑާއި ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. ބިޑާއި ގުޅޭ މަޢުލޫމާތުތައް ޕްރީބިޑް ކަރުދާހުން ލިބެން ހުންނާނެއެވެ. އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވެލައްވާ މަޢުލޫމާތުތައް ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ފޯނު ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ސާފުކުރެއްވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގ

10 ސެޕްޓެމްބަރ 2019 (އަންގާރަ)  – 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި.

ބިޑް ހުށަހަޅާފަރާތަށް ޙާޟިރުވެވެން ނެތް ހިނދެއްގައި ބިޑް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. މިގޮތަށް އަންނަ ފަރާތަކީ ބިޑް ހުށަހަޅާފަރާތުގެ މަންދޫބެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ލިޔުން ހުށަނާޅާނަމަ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

 

05 އޮގަސްޓް 2019