ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-PPIRS/1/2013/12
ޕަބްލިޝްކުރި ތާރީޚް: 29 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 19:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފަހިއަލި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ލެޑް ހޮޅިބުރި ފޯރުވައިދިނުން

މިމިނިސްޓްރީން ހިންގަމުން ގެންދާ ފަހިއަލި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ މުއައްސަސާތަކަށް ހިލޭ ލެޑް ހޮޅިބުރި ފޯރުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިއްލުމަށް އާންމުކޮށް ބޭނުންކުރާ ހޮޅިބުރިއަށްވުރެ ފަންސާސް އިންސައްތަ ކަރަންޓް ޚަރަދު ކުޑަ ހޮޅިބުރިތަކެވެ. މިޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ކަރަންޓް ބިލު ކުޑަކުރުމެވެ.

 ވީމާ، ދެންނެވިފައިވާ ހޮޅިބުރި ބޭނުންފުޅުވާ ދައުލަތުގެ މުއައްސަސާތަކުން މިކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv/v1 އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މިޕްރޮގްރާމްގެ ދަށުން ލެޑް ހޮޅިބުރި ފޯރުވައިދެވޭ ފަރާތްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

1-      ހޮޅިބުރި ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ހުށަހެޅުން

2-      ހޮޅިބުރިއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ހޮޅިބުރި ލިބޭނެކަން އަންގާތާ 2 ހަފުތާގެ ތެރޭގައި މިނިސްޓްރީގެ ގުދަނުން ނަގައިގެން ގެންދިއުން

3-      ހޮޅިބުރި ހަރުކުރުމަށް ކަނޑައަޅާފައިވާ ތަންތަނުގައި ހޮޅިބުރިތައް ހަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

4-      ހޮޅިބުރިތައް ހަވާލުކުރެވޭ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހޮޅިބުރިތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ތަނުގައި ހަރުކޮށްނިންމައި އެކަން މިނިސްޓްރީއަށް އެންގެން

5-      ހޮޅިބުރިތައް ހަރުކުރާ އިމާރާތުގެ ވޭތުވެދިޔަ 3 މަސްދުވަހުގެ ކަރަންޓް ބިލަށް އެރި ޔުނިޓާއި (kWh) އަދި ބިލަށް އެރި ފައިސާގެ މަޢުލޫމާތު ފޯރުވައިދިނުން

6-      ހޮޅިބުރި ހަރުކުރުމަށްފަހު އެއިމާރާތުގެ ކަރަންޓު ބިލަށް 3 މަސްދުވަހުގެ ތެރޭގައި އެރި ޔުނިޓާއި (kWh) އަދި ބިލަށް އެރި ފައިސާގެ މަޢުލޫމާތު ފޯރުވައިދިނުން

މިކަމާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އެނަރޖީ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އަމީނީ މަގު، މާފަންނު

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3004300 960+، ފެކްސް: 3004301 960+

އީމެއިލް: [email protected]

29 އޭޕްރިލް 2013