މަސައްކަތް
ނަންބަރު: 198-F/2019/96
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 08 އޮގަސްޓް 2019 09:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ވިލިމާލޭގައި ޖުޑީޝަލް އެކެޑަމީ ހިންގަމުންގެންދާ ޢިމާރާތަށް ބޭނުންވާ އެއަރކަންޑިޝަންހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ވިލިމާލޭގައި ޖުޑީޝަލް އެކެޑަމީ ހިންގަމުންގެންދާ ޢިމާރާތުގައި ހަރުކޮށްފައިހުރި އޭސީތައް ގިނަ ދުވަސްވުމުގެ ސަބަބުން ހަލާކުވެފައިވާތީ އެތަކެތި ނައްޓާލުމަށްފަހު، އައު އޭސީތައް ހަރުކުރުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198F/2019/82 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައިނުވާތީ މިއިޢުލާނު ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑު ބައިން ލިބެން ހުންނާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އޮގަސްޓް 05 ވާ ހޯމަ ދުވަހުގެ 09:30 ވިލިމާލޭގައި ހުންނަ ޖުޑީޝަލް އެކެޑަމީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 08 އޮގަސްޓް 2019 (ބުރާސްފަތި)

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 09:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ޖުޑީޝަލް އެކެޑަމީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29  ޛުލްޤަޢިދާ  1440

01 އޮގަސްޓް 2019