ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2019/09
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1506
ސުންގަޑި: 04 އޮގަސްޓް 2019 1400
ފެކަލްޓީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި، މާލެ އަދި ބައެއް ރަށްތަކުގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

1. އާރޓް އެޑިޔުކޭޝަން I (ART205) / ހދ.ކުޅުދުއްފުށި  

2. ފިޒިކަލް އެޑިޔުކޭޝަން I(PHE201) / ހދ.ކުޅުދުއްފުށި

3. މޫވްމެންޓް އެޑިޔުކޭޝަން (CST347) / ހދ.ކުޅުދުއްފުށި

4. ސޯޝަލް ސައިންސް II(SOC301) / ގދ.ތިނަދޫ، ރ.ދުވާފަރު، ޏ.ފުވައްމުލައް

5. ޓީޗިންގ އެންޑް ލާރނިންގ ކޮމާރސް އެންޑް ބިޒްނަސް ސްޓަޑީޒް II(CST341) / ކ.މާލެ

6. ކަލްކިޔުލަސް II(MAT211) / ކ.މާލެ

7. އިންޓްރޮޑަކްޝަން ޓު އަލްޖެބްރާ އެންޑް އެނޭލިސިސް (MAT303) / ކ.މާލެ

8. އެސެންޝިއަލް މެތަމެޓިކްސް (MAT113) / ކ.މާލެ

9. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ (EST101) / ކ.މާލެ

10. އިންޓްރޮޑަކްޝަން ޓު ކަރިކިޔުލަމް ސްޓަޑީޒް (CST101) / ކ.މާލެ

11. ޕްރެކްޓިކަމް II ފޮރ ޕްރައިމަރީ (PRM239) / ޅ.ނައިފަރު

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

300-400ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2019 އޮގަސްޓް 4 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ fe@mnu.edu.mv އަށެވެ.

 ނޯޓް: މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ސިޓީއާއެކު އިތުރު މަޢުލޫމާތު ހުށަނޭޅުއްވިޔަސް އެޕްލިކޭޝަން ޤަބޫލުކުރެވޭނެއެވެ. 

2019-07-31