ޢާންމު މަޢުލޫމާތު
ނަންބަރު: IUL)202-A/1/2019/63
ޕަބްލިޝްކުރި ތާރީޚް: 27 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1111
ސުންގަޑި: 28 ޖުލައި 2019 0000
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
27 ޖުލައި 2019 ވަނަ ދުވަހު ހަވީރު އެއްގަމު އުޅަނދު މާލޭގައި ދުއްވުން މަނާ ކުރުމާއި ބެހޭ

އިޢުލާން

 

ދިވެހިރާއްޖޭގެ 54 ވަނަ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކާ ގުޅިގެން 27 ޖުލައި 2019 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން އިރު އޮއްސި 18:00 އަށް މާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، 27 ޖުލައި 2019 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދު މާލޭގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

1-      ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމުއުޅަނދު

2-      އެމްބިއުލެންސް

3-   ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު

4-      ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު

5-      ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް

6-      އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާއި ޚިލާފްވާ ފަރާތްތައް 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި އަންގާ ޢިއްލާން ކުރީމެވެ.

24 ޛުލްޤަޢިދާ   1440             

27 ޖުލައި      2019

2019-07-27