ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-PFMU/13/2019/210
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 31 ޖުލައި 2019 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަން (ބީ.ޕީ.ސީ) އެސޯސިއޭޓް- ލޯކަލް

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރިއަށް ގެންދާ ދަޢުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަންގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-PFMU/13/2019/176  )26 ޖޫން 2019 (އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިފުރުސަތު އަލުން ހުޅުވާލަމެވެ.

މިމަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިޒްނަސް ޕްލޭނިންގ އެންޑް ކޮންސޮލިޑޭޝަންގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެހީތެރިވެދިނުން ހިމެނެއެވެ.

ބީ.ޕީސީ އެސޯސިއޭޓްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ ޕްރޮފެޝަނަލް ސަރޓިފިކެޓް ހާސިލް ކޮށްފައިވުން.
  • އެސް.އޭ.ޕީ ސޮފްޓްވެއަރގެ ތަޖުރިބާ މަދުވެގެން 3 އަހަރު ދުވަހު ލިބިފައިވުން.
  • އެސް.އޭ.ޕީ އެކެޑަމީ ޓްރޭނިންގ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ބީ.ޕީ.ސީ މޮޑިއުލް ކޮންފިގަރކޮށް ތަރައްގީ ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މުސާރައިގެ ގޮތުގައި  1,692.00އެމެރިކާ ޑޮލަރާއި 1,945.00 އެމެރިކާ ޑޮލަރާއި ދެމެދުގެ ޢުޖޫރައެއް ދިވެހި ރުފިޔާއިން ދެވޭނެ އެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މިމުއްދަތުގެ ތެރޭގައި 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ހިމެނޭނެއެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން31 ޖުލައި 2019 ބުދަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އަބްދުﷲ ޙަސަން

ޕްރޮޖެކްޓް ޑިރެކްޓަރ

ޕަބްލިކް ފައިނޭންސް މެނޭޖްމެންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް

މާލެ،  ދިވެހިރާއްޖެ.

   ޓެލެފޯން:3349106 ،3349102

 

އީމެއިލް އެޑްރެސް [email protected] :

                                         [email protected]

25 ޖުލައި 2019