ނޫސްބަޔާން
ނަންބަރު: (PR)203-WASAPO/203/2019/01
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 0936
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ފެން އަދި ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި ފާހަގަކުރެވޭ ގާނޫނާއި ގަވައިދާ ހިލާފަށް ކުރަމުން ގެންދާކަންކަން

ނަންބަރު: PR)203-WASAPO/203/2019/1 

ނޫސް ބަޔާން

ފެން އަދި  ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި، ތިރީގައި ދެންނެވިފައިވާ ކަންކަން ކުރަމުންދާކަން މި އެޖެންސިއަށް ވަނީ ފާހަގަކުރެވިފައެވެ؛

-          ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުން

-          ރަށުތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުން

-          ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނެގުން

-          ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސްހިންދާ ވަޅުގަނޑު ބެހެއްޓުން

-          ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދާ ޖަންގްޝަނެއް ބަހައްޓާފައި ހުރުން

މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި އަދި ނަރުދަމާ ނިޒާމުތަކަށް ނުހަނު ބޮޑެތި ގެއްލުން ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވެއެވެ. އަދި ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. މިފަދަ އަމަލުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/96) އާއި ހިލާފު ކަންކަމުގައިވާތީ އެފަދަ އަމަލުތައް ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

24 ޖުލައި 2019

 

310

2019-07-25