ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/32-A4-HR/1/2019/66
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1228
ސުންގަޑި: 29 ޖުލައި 2019 1330
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު: IUL)32-A4-HR/1/2019/66)

އިޢުލާން

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-123373

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ލީގަލް އެފެއާޒް ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ

މުސާރަ:

4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:

1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

އެހެނިހެން އެލަވަންސް:

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް: އަސާސީ މުސާރައިގެ %35
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  5. ސަޕޯޓިންގ ކޯ އެލަވަންސް: 700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

  1. ލީގަލް އެފެއާޒް ޑިވިޜަނާއި ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަނަށް ލިބޭ އެންމެހައި އެންޓްރީތައް ބަލައިގަނެ އޮފީހުން ދޭ ޤާނޫނީ ލަފާތަކާ ގުޅޭ ގޮތުން ފޮނުވަން ޖެހޭ ސިޓީ އަދި ލިޔުންތައް ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ކަމާބެހޭ އިދާރާތަކާއެކު ބާއްވަންޖެހޭ އެންމެހައި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ޔައުމިއްޔާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ނިންމުންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތަށް ކުރުން.
  3. ޑިވިޜަންގެ ޕެންޑިންގ ގަވާއިދުން ބަލަހައްޓާ އަޕްޑޭޓް ކުރުން.
  4. ޑިވިޜަންގެ އެންމެހައި ލިޔެކިޔުންތައް ތަރުތީބުކޮށް ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން.
  5. ލީގަލް އެފެއާޒް ޑިވިޜަނާއި ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަންގެ ވެރިންގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި، ވެރިންގެ އެޕޮއިންޓްމަންޓްތަކާއި މީޓިންގ ޝެޑިއުލްގެ އެންމެހައި އިދާރީ އިންތިޒާމްތައް ހަމަޖައްސައި ސްޕަވައިޒަރުގެ މަޝްވަރާގެ މަތީން ކުރަމުންގެންދިއުން.
  6. ޑިވިޜަންގެ އަހަރީ އެކްޝަން ޕްލޭން ރާވައި ތައްޔާރުކުރުމަށް ސެކްޝަންގެ ވެރިޔާއަށް އެހީތެރިވެދިނުން.
  7. ލީގަލް އެފެއާޒް ޑިވިޜަނާއި ލޯ ރިފޯމް އެންޑް ލެޖިސްލޭޓިވް އެފެއާޒް ޑިވިޜަންގެ އަހަރު ރިޕޯޓާއި ބަޖެޓު ތައްޔާރުކުރުމުގައި ސެކްޝަންގެ ވެރިޔާއަށް އެހީތެރިވެދިނުން.
  8. އޮފީހުން ތައްޔާރުކުރަންޖެހޭ އެންމެހައި ބިލްތައް ދިވެހި ބަހުގެ ގަވާއިދާ ހަމަތަކުގެ މަތިން ޕްރޫފް ރީޑްކޮށް ތައްޔާރުކޮށް ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޑިވިޜަންގެ ވެރިޔާގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރަމުން ގެންދިއުން
  9. އަލަށް ގެޒެޓްކުރެވޭ ޤާނޫނުތަކުގެ މަޢުލޫމާތު އޮފީހުގެ ވެބްސައިޓާއި އެމްވީލޯގައި ގަވާއިދުން އާންމުކުރުން.
  10. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  11. އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ވެބްސައިޓުންނާއި މި އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ރެފަރެންސް ޗެކް ފޯމުގެ ނަމޫނާ މި އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

-          މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

-          ދިވެހި ބަހުގެ ހަމަތަކާއި ގަވާއިދުތަކާ އެއްގޮތަށް ލިޔެކިއުމުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް personnel@agoffice.gov.mv އަދި ފެކްސް 3314109 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އަދި ޕްރެކްޓިކަލްސް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަވިއުއަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އެއް އަދަދަކަށް މާކްސް ލިބިފައިވާނަމަ، ވަޒީފާއަށް އެދި ހުށަހެޅި ފޯމުތަކުގެ ތާރީޚުގެ ތަރުތީބުން އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭނެއެވެ.

       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3314109 އެވެ.   އީ-މެއިލް ކުރާނީ personnel@agoffice.gov.mv އަށެވެ.

       

 

                          15 ޛުލްޤަޢިދާ  1440    

2019-07-18