މަސައްކަތް
ނަންބަރު: 198-F-2019-78
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 16:08
ސުންގަޑި: 28 ޖުލައި 2019 09:15
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ކޮންސަލްޓެންޓް (ދިވެހި) އެއް ހޯދުމާ ގުޅޭ

އިޢުލާން

ހިއުމަން ރިސޯސް ކޮންސަލްޓެންޓް (ދިވެހި) އެއް ހޯދުމާ ގުޅޭ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2011 ވަނަ އަހަރު ޢާއްމުކޮށްފައިވާ ޝަރުޢީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ޤަވާޢިދު، ރިވިއުކޮށް ހިއުމަން ރިސޯސް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންގެ ޤަވާޢިދަށް ގެންނަންޖެހޭ އިސްލާޙްތައް ގެނެސް މުވައްޒަފުންގެ ޤަވާޢިދު އަލުން އެކުލަވާލުމަށާއި، ޝަރުޢީ ދާއިރާގެ ޓެކްނިކަލް މަޤާމުތަކާއި، އިދާރީ މަޤާމްތަކުގެ އޮނިގަނޑު މުރާޖަޢާކޮށް އެކުލަވާލާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތުތަކާއި، ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ޑިޕާޓްމަންޓަށް އެންމެ އެކަށީގެންވާ އިދާރީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި، ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.

މިކަމާއިބެހޭ މަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ.

މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ސެޝަން އޮންނާނީ 2019 ޖުލައި 21 ވާ އާދިއްތަ ދުވަހުގެ 09:15 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަދި މަސައްކަތުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 28 ވާ އާދިއްތަ ދުވަހުގެ 09:15 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮންފަރެންސް ހޯލްގައެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޒުލްޤައިދާ 1440

15 ޖުލައި 2019