ދެންނެވުން
ނަންބަރު: (IUL)337-C-AA/337/2019/43
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 1414
ސުންގަޑި: 21 ޖުލައި 2019 1200
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ވޯޓަރ ސްޕޯރޓްސް ހިންގާނެ ސަރަހައްދެއް ކަނޑައަޅައި ހަމަޖެއްސުން.

 

             (IUL)337-C-AA/337/2019/43 ނަމްބަރ

 

އިޢުލާން

 

ރަށުގައި ވޯޓަރ ސްޕޯރޓްސް ހިންގާނެ ސަރަހައްދެއް ކަނޑައަޅައި ހަމަޖެއްސުން.

 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރެއިން ރަށްރަށުގައި ވޯޓަރ ސްޕޯރޓްސް ހިންގާ ސަރަހައްދުތައް ވަކިކޮށް ކަނޑައެޅުމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.

މިރަށުގައިވެސް ވޯޓަރ ސްޕޯރޓްސް ހިންގާނެ ސަރަހައްދެއް ވަކިކޮށް ކަނޑައެޅުމުގެ ގޮތުން ކައުންސިލްގެ ނަމްބަރ:AG/2019/16 (18 ޖޫން 2019) އެޖެންޑާކޮށް ނަމްބަރ: QAR/2019/11 (18 ޖޫން 2019) ޤަރާރުން ފާސްކޮށް 07 ޖުލައި 2019 ވަނަ ދުވަހު ވަނީ އާންމުކުރެވިފައެވެ.

އެގޮތުން މިރަށުގައި ވޯޓަރ ސްޕޯރޓްސް ހިންގާ ސަރަހައްދުގެ ގޮތުގައި ހަމަޖެހިފައިވަނީ ހުޅަނގު ފަރާތުން އެމްޑީޕީ ހަރުގެއާއި ދިމާލު ބަނދަރު ފާކަށިން ފެށިގެން ގޮސް މިހާރުގެ ޓޫރިސްޓް ބީޗް ފެށޭ ފާކަށްޓާ ހަމައަށްކަމުގައި ދަންނަވަމެވެ.

މިދެންނެވި ބިމުގެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާނަމަ 21 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެތަކެތި ނަގައި ތަން ހުސްކުރުމަށް އަންގަމެވެ. އަދި ދެންނެވި މުއްދަތުގެ ފަހުން އެތަނުގައިވާ ތަކެތި އެއީ ވެރިފަރާތެއް ނެއްތަކެތި ނުވަތަ ބޭނުންނުވާ ތަކެތި ކަމުގައި ބަލާ މިކައުންސިލްގެ ބެލުމުގެ ދަށުން އެތަކެތި ނަގައި ނައްތާލާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

14 ޖުލައި 2019

2019-07-14