ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2019/47
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 21 ޖުލައި 2019 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ގދ.ތިނަދޫގައި އިމާރާތްކޮށް ނިމިފައިވާ 120 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ގދ.ތިނަދޫގައި އިމާރާތްކޮށް ނިމިފައިވާ 120 ހައުސިންގ ޔުނިޓު ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)138-AS6/1/2019/35 (25 ޖޫން 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، އެ އިޢުލާން  ބާޠިލްކުރުމަށްފަހު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 08:00 އިން ފެށިގެން 2019 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2019 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް / އަމީނީމަގުގައެވެ. ވީމާ، 2019 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  4. މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިޢުރިޓީގެ ގޮތުގައި ހުށަހަޅުއްވާ އަގުގެ %0.5 ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
  5. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ޖުލައި 17 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.   
10 ޖުލައި 2019