ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2019/154
ޕަބްލިޝްކުރި ތާރީޚް: 09 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 16 ޖުލައި 2019 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓް / ފާމަސީ އެސިސްޓަންޓް

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.

މަޤާމް:

ފާމަސިސްޓް / ފާމަސީ އެސިސްޓަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

4350.0 / 3380.0 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

އެސްޓީއޯ ޅ. ކުރެނދޫ ފާމަސީ / މެޑިކަލް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި 1500.00ރ އާއި 2450.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލް ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން އަދި ކްރެޑިޓް ބިލް ޗެއްކުރުން
  • ރެކްތަކުގާއި ބޭސް ޖެހުން އަދި މުއްދަތުހަމަވާ ބޭސްތައް ޗެއްކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • ފާމަސީއާ ގުޅޭ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އިމްތިހާން ފުރިހަމަ ކޮށްފައިވުން

އެހެނިހެން ހުނަރު

  • މައިކްރޯސޮފްޓް ވޯޑް އަދި އެކްސެލްއަށް ފަރިތަވުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒިފެއް ކަމުގައިވުން
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

 

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ލިބެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344272  

9 ޖުލައި 2019

 

                     

 

09 ޖުލައި 2019