ވަޒީފާގެ ފުރުޞަތު
ނަންބަރު: FAM/IUL/2019/0016
ޕަބްލިޝްކުރި ތާރީޚް: 07 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 15 ޖުލައި 2019 12:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޗް.އާރް މެނޭޖަރ

އިޢުލާން ނަންބަރު:FAM/IUL/2019/0016

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ހިއުމަން ރިސޯސް މެނޭޖަރ

ބޭނުންވާ ޢަދަދު

1

މުސާރަ

18,000.00 ރުފިޔާ

އެލަވަންސް

އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

ހިއުމަން ރިސޯސް ޑިޕާރޓްމަންޓް  

މަޤާމުގެ ކްލެސިފިކޭޝަން

ހެޑް އޮފް ހިއުމަން ރިސޯސް

މަޤާމުގެ ޝަރުތުތައް

  • މަގާމުގެ މަސައްކަތައި ގުޅޭ ތަޢުލީމީ ރޮނގަކުން މަތީ ތައުލީމް ޙާސިލްކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  • މިއެސޯސިއޭޝަންއާއި މިއެސޯސިއޭޝަންގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. 
  • މިއެސޯސިއޭޝަންއާއި މިއެސޯސިއޭޝަންގެ ދަށުން ހިނގަމުންދާ އޮފީސްތަކުގެ މުވައްޒަފުންގެ ޑޭޓާތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒިފުންގެ ރަޖިސްޓްރީ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން.
  • ކުރަންޖެހޭ މަސައްކަތްތަކައި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެމޯ ފަދަ ތަކެތި ލިޔުމާއި ފޮނުވުން.
  • އޮފީހުގެ ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްޤީކުރުމުގެ ކަންތައްތައް ރާވާ ހިންގައި ބެލެއްހެޓުން.
  • މުވައްޒަފުންނާއި ބެހޭ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުން.
  • މުވައްޒަފުން ހޯދުމަށާއި އެހެނިހެން ކަންކަމުގައި ކުރަންޖެހޭ އިޢުލާންތައް ކުރުން.
  • މިއެސޯސިއޭޝަނަށް ހޯދާ މުވައްޒަފުންނަށް އިންޓަރވިޔު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ދުވަހުން ދުވަހަށް ޙާޟިރީ އަޕްޑޭޓްކުރުމާއި، ސަލާމް އާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  • މުވައްޒަފުންގެ މުސާރަ ހެދުމާއި މުސާރަ ދިނުމަށް ކުރަންޖެހޭ ހުރިހާ ލިޔެކިއުންތައް ތައްޔާރުކުރުން.
  • މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި އަދި އެފަދަ ކަންކަމާ ގުޅިގެން ތައްޔާރު ކުރަންޖެހޭހުރިހާ ލިޔެކިއުންތައް ތައްޔާރުކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 09:00 އިން 16:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

15 ޖުލައި 2019 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected]

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500107 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.

 

7 ޖުލައި 2019

07 ޖުލައި 2019