ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2019/97
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 19:27
ސުންގަޑި: 11 ޖުލައި 2019 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) މަޤާމަށް މީހުން ހޯދުން

އިޢުލާން

މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: 06 މަސް

ބޭނުންވާ އަދަދު

02 (ދޭއް)

މަޤާމުގެ ރޭންކު:

ޖީ.އެސް 5

ސެކްޝަން/ޔުނިޓު:

ޒަކާތު ސެކްޝަން

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މުސާރަ މަހަކު

މަހަކު -/5500ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

  • އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ)

 

  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ،

މަގާމުގެ ޝަރުތު

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާނުގައި 'ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1. ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2. ޒަކާތު ސްކޮލަރޝިޕް ކޮމިޓީން ނިންމާ ކަންކަމާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

3. ޒަކާތު ސްކޮލަރޝިޕް ކޮމިޓީގެ ޔައުމިއްޔާތައް ލިޔެ ފައިލް ކުރުން.

4. ޒަކާތު ސްކޮލަރޝިޕް އަށް އެދި ހުށަހަޅާ ސިޓީ ތަކަށް ޖަވާބު ދިނުން.

5. ޒަކާތު ސްކޮލަރޝިޕް ކޮމިޓީ ބޭއްވުމާއި ޒަކާތު ސްކޮލަރޝިޕް އާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްކުރުން.

6. މިނިސްޓްރީން ރާވާ ހިންގާ އެކި އެކި ހަރަކާތްތަކުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

3. އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމުތަކަށް މީހުން ހޮވުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 13 އާއި 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200, ނަންބަރު ފޯނާއެވެ.

04 ޖުލައި 2019