ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A4/1/2019/96
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 19:19
ސުންގަޑި: 11 ޖުލައި 2019 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ (ކޮންޓްރެކްޓް) މަޤާމަށް މީހުން ހޯދުން

އިޢުލާން

މަގާމް

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 06 (ހައެއް) މަސް

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ރޭންކު:

އެމް.އެސް 2

މުސާރަ މަހަކު

މަހަކު -/7000ރ (ހަތްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް: މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/200ރ (ދުއިސައްތަ ރުފިޔާ)

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / މާލެސިޓީ

މަގާމުގެ ޝަރުތު

1. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

2. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން ނުވަތަ

3. ޝަރީއާ އެންޑް ލޯ، ބިޒްނެސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

 

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1. ޒަކާތު ސްކޮލަރޝިޕް ކޮމިޓީ ރާވާ ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

2. މަސައްކަތާއި ގުޅޭގޮތުން ހޯދަންޖެހޭ އެންމެހައި މަޢުލޫމާތުތައް ހޯދުމާއި މުވައްޒަފުންނަށް ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.

3. ޒަކާތު ސްކޮލަރޝިޕް ކޮމިޓިން ނިންމާ އެންމެހައި ކަންތައްތައް ތަންފީޛުކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްތައް ކުރުން.

4. ޒަކާތު ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމްތައް ސްކޮލަރޝިޕް ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އިވެލުއޭޓްކޮށް ސްކޮލަރޝިޕް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

5. ސްކޮލަރޝިޕް ލިބޭ ފަރާތްތަކުގެ ޚަރަދުތައް ބަޖެޓަށް ފޮނުވައި ޚަރަދުތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

6. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯސްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.

2. މީގެ އިތުރުން ފަރިތަކަމާއެކު އިނގިރޭސިބަހުން ލިޔަން ކިޔަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 13 އާއި 21 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.

04 ޖުލައި 2019