ދެންނެވުން
ނަންބަރު: (IUL)331/331/2019/34
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2019
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 15 ޖުލައި 2019 12:00
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުމާއި ބެހޭ

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު ދިވެހިރާއްޖެ                                                                                                                                              ނަމްބަރ:331/331/2019/34((IUL

 

 އިޢުލާން

 

ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ހައްލުކުރުމާއި ބެހޭ:

           

                  ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީ އެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފުތަރެއް" އޮންނަންވާނެ ކަމުގައި، ވަޒިފާ އަދާކުރުމަށް ބިދޭސީން ގަނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައި ވުމާއިއެކު އަދި ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރިކަޒީ އުޞޫލުން ހިންގުމުގެ ޤާނޫންގެ 23 ވަނަ މާއްދާއިން ރަށު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ދަށުން ރަށުގެ އިޖުތިމާޢީ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ ކައުންސިލްގެ ޒިންމާ އެކެވެ.

                  މިރަށުގައި އެކި ވަޒީފާ ތަކުގައި އަދި އެހެނިހެން ބޭނުން ތަކުގައި މިރަށަށް އަރާފައިބާ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާ އަކަށްވީހިންދު، މިރަށުގައި އުޅެމުންދާ އެންމެހައި ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމަށްޓަކައި "ބިދޭސީންގެ ދަފުތަރެއް" މިކައުންސިލުންވެސް ދަނި ބަލަހައްޓަމުންނެވެ. އެއްވެސް ބެނުމަކު ބިދޭސީއަކު މިރަށުގައި 24 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރާނަމަ ލަސްނުކުރައްވައި ކައުންސިލާއި ޙިއްސާ ކުރުމަކީ އެބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތުގެ އަދި އެމީހަކު ހުންނަ ގެއެއްގެ ވެރިފަރާތުގެ ޒިންމާ އެކެވެ. ވާރކް ޕާމިޓް ނެތް މީހަކު އެގެއްގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެގެއެއް ބަލައި ފާސްކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ. ވެރިފަރާތަށް ނޭންގި ބިދޭސީން އެގެއްގައި އުޅެމުންދާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެމަޢުލޫމާތު ލަސްނުކުރައްވައި ކައުންސިލާއި ޙިއްސާ ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.

                  ވުމާއިއެކު ވާރކް ޕާމިޓް ނެތް ބިދޭސީން ރަށުގެ ވަޒީފާ ތަކުގައި ނުގެންގުޅުމަށާއި އަދި އެފަދަ ބިދޭސީން ފުރުވައިލުމަކީ ބިދޭސީން ގެންގުޅޭ ފަރާތްތަކުގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ. އަދި މިރަށުގައި އުޅޭ ބިދޭސީންގެ އަތުގައި ވާރކް ޕާމިޓް ކާޑް އަބަދުވެސް ބޭއްވުމަށް އެފަރާތްތަކަށް ހަނދުމަފުޅުކޮށް ދެއްވުމަށް ދަންނަވަމެވެ. ފުލުހުން މެދުވެރިކޮށް އަދި ކައުންސިލުންވެސް ވާރކް ޕާމިޓް ކާޑް ނެތި މިރަށުގައި ބިދޭސީން ހަރަކާތްތެރި ވަމުންދޭތޯ  ބަލައި ފާސްކުރަމުންދާނެ ކަމަށް ދަންނަވަމެވެ. ކައުންސިލުންކުރާ އަމުރަށް ނުކިޔަމްނތެރިވާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500/- ރުފިޔާ އާއި 5,000/- ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

                  ވިމާ، މިވަގުތު މިރަށުގައި ދިރިއުޅެމުންދާ ބިދޭސީން ކައުންސިލްގެ އިދާރާ އަށް ދުރުވެ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ދަފުތަރުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ވާރކް ޕާމިޓް ނެތް ބިދޭސީން، ގެއެއްގައި ނުވަތަ ވަޒީފާއެއްގައިވެސް ގެންގުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަރާތަކާއިމެދު ފިޔަވަޅު އެޅޭނެއެވެ.

                  ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

04 ޖުލައި 2019