ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416/416/2019/56
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި:
30 ޖުލައި 2019 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލްގެ ސިއްކަ (ލޯގޯ) ފަރުމާކުރުން
މަޑަވެލި ކައުންސިލްގެ ސިއްކަ (ލޯގޯ) ފަރުމާކުރުން
މަޑަވެލި ކައުންސިލްގެ ސިއްކަ (ލޯގޯ) ފަރުމާކުރުމުގެ މުބާރާތައް ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީމެވެ. މިމުބާރާތަށް ހުށަހެޅޭ ލޯގޯގެ ތެރެއިން މިކައުންސިލުން ހޮވާ އެއް ލޯގޯއަށް އިނާމެއްގެ ގޮތުގައި -/2000ރ (ދެހާސް ރުފިޔާ) ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ ޝައުގުވެރިވާ ފަރާތްތަކުން މިމުބާރާތަށް ލޯގޯ، 01 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ފޮނުއްވުން އެދެމެވެ.
ލޯގޯފަރުމާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
- މި ލޯގޯއިން މަޑަވެލި ރަމްޒު ކޮށް ދިނުން
- އެއްވެސްތަނެއްގައި ބޭނުންކުރަމުންދާ ލޯގޯއަކަށް ނުވުން ( ކޮޕީ އަކަށް ނުވުން )
- އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
- ކުލަ: ކުލަ ހުށަހަޅާނީ ޑިޒައިންކުރާ ފަރާތުންނެވެ.
- ގދ. މަޑަވެއްޔަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭ އެއްޗަކަށް ވުން
- 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
- ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްސީލު ހުށަ އެޅުން
- މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވުން
- ހުށައަޅާ ލޯގޯގެ ކުލަ އަދި ކަޅާއި ހުދު ( ބްލެކް އެންޑް ވައިޓް ) ހާޑް އަދި ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
30 ޖޫން 2019