ވަޒީފާގެ ފުރުޞަތު
ނަންބަރު: GS209/IUL/2019/18
ޕަބްލިޝްކުރި ތާރީޚް: 23 ޖޫން 2019
ޕަބްލިޝްކުރި ގަޑި: 0926
ސުންގަޑި: 03 ޖުލައި 2019 1200
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ކައުންސެލަރ

ފިޔޯރީ ސްކޫލް

 ގދ.ފިޔޯރީ 

 

ނަންބަރު:GS209/IUL/2019/18

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކައުންސެލަރ

މަޤާމްގެ ނަންބަރ:

J 276812

ބޭނުންވާ އަދަދު:

01

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން :

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ގިންތި:

ދާއިމީ

މަޤާމް އޮތް އޮފީސް:

ފިޔޯރީ ސްކޫލް ، ގދ.ފިޔޯރީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔޯރީ ސްކޫލް ، ގދ.ފިޔޯރީ

ސެކްޝަން:

އެޑްމިން

މުސާރަ :

5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވްންސް:

700.00 ރުފިޔާ

އެހެނިހެން އިނާޔަތް:

ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން، ސިވިލްސަރވިސްގެ މުވައްޒަފުންނަށް  ދެވޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ލިބޭނެއެވެ. އަދި ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކުރާ ސްކޫލްގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއާއި އެންޓި ބުލިންގ ޕޮލިސީ" އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒްކުރުން.ސްކޫލްގެ ނެޓްވޯކް ބެލެހެއްޓުން.އަދި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.

2-      ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ"ވަލްނަރަބަލް" ދަރިވަރުންގެ ހާލަތު ވަޒަންކޯށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

3-      ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުނސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުމާއި އެ ދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑް ބެލެހެއްޓުން.

4-      ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއް މައްސަލައެއްގައި ކައުންސެލަރ ފުލުހުންގެ އިދާރާއަސް ނުވަތަ ޝަރުޢީ ކޯޓަކަށް ޖަވާބުދާރީވަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލީގަލް އޮފިސަރުގެ ފަންނީލަފަޔާއި އެއްގޮތައް އަމަލުކުރުން.

5-      ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި،ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި ސްކޫލްގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލްގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލްގެ ވެރިންނާއި ގުޅިގެން މަސައްކަތް ކުރުން.

6-      ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ ލިއޭޒަން އޮފިސަރ ނުވަތަ ލިއޭޒަން އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި،ސްކޫލްގައި ހިންގާ ޙާއްސަ ޕްރޮގްރާމްތަކުގައި (މިސާލަކަށް ދަސްވާރު ނުވަތަ ބީޓެކް ޕްރޮގްރާމް) ބައިވެރިވާ ދަރިވަރުންނަށް ކައުންސެލަރގެ އެހީތެރިން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.

7-      ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ނަފްސާނީ ދުޅަހެއުކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުގައި ހިންގާ ހަރާކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރުފެށުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ޙިއްސާކުރުން

8-      ސްކޫލްތަކުގެ ކައުންސެލަރުންނާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވާ ފޯން ކޮންފެރެންސްތަކުގަޔާއި،ކޭސް މެނޭޖްމަންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ސެޝަން ޕްލޭން ހެދުމާއި،ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮށް ބެލެހެއްޓުން.

9-      ޓީޗަރުންނަށް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މަޢުލޫމާތާއި،ޓީޗަރުންނަށް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވައި ހިންގުން.

10-  ކައުންސެލިންގ ޙިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި،ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި،ކޭސް ފައިލްސް ހެދުމައި،ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި،ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮސް ބެލެހެއްޓުން.

11-  -ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ކުރަމުންދާ ގޯނާ އަނިޔާ އިހްމާލް ފާހަގަވެއްޖެނަމަ،ރިޕޯޓް ކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ" ދަރުވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެގޮތުގެ ސިޔާސަތު ބަޔާން ކުރާ އުސޫލު" ގައިވާ ގޮތުގެ މަތިން އަމަލު ކުރުން

މަޤާމުގެ ޝަރުތު: 

1-      ސައިކޮލޮޖީ ނުވަތަ ކައުންސެލިންގ ގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ:

ކައުންސެލިންގް، ސައިކޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް

1-  ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްްފައިވާ ލިޔުން.

5-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

  ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓް ތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7-  ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

  ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  ށ. އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ. އަދި ވަޒިފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަކުނެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދުކޮށްްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކްފޯރމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ދާއިރާ

ތަފްޞީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

210

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 03 ޖުލައި 2019 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ފިޔޯރީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@fiyoareeschool.edu.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑަ އަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަރވިއު ކުރުން

ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 07 ޖުލައި 2019 އާއި 09 ޖުލައި 2019  އާއި ދެމެދު ފިޔޯރީ ސްކޫލުގެ ލައިބްރަރީގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983086 އަށެވެ. އީ-މެއިލް ކުރާނީ  admin@fiyoareeschool.edu.mv  އަށެވެ.

 

 

2019-06-23